Skip to main content

މުޙައްމަދު އަފްރާޙް

Viewer
🇲🇻 ތިލަދުން Desk
2,415 Stories
153 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އަފްރާޙް

އިންޓަރސްކޫލް ނެޓްކިޑްސް ފިއެސްޓާ: ހުނަރުވެރި ކުޅުންތެރިންތަކެއް ފެނުނު
Sports

އިންޓަރސްކޫލް ނެޓްކިޑްސް ފިއެސްޓާ: ހުނަރުވެރި ކުޅުންތެރިންތަކެއް ފެނުނު

އިންޓަރސްކޫލް ނެޓްކިޑްސް ފިއެސްޓާގެ ނަމުގައި ހަރަކާތެއް ބާއްވައިފި އެވެ. ‘އެން ސްޕޯޓްސް އެކަޑަމ’ީ އާއި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ މި ފިއެސްޓާގައި ޖުމްލަ 13 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ. މި ފިއެސްޓާގައި 52 ޓީމަކުން 624 ދަރިވަރުން ބައިވެރިވި އިރު، އޭގެ ތެރޭގައި ހިމެނެނީ ގްރޭޑް 2، 3، 4 އަދި 5 ގެ ދަރިވަރުން ނެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ބޭއްވި ފިއެސްޓާ އާ ގުޅޭގޮތުން “ތިލަދުން” […]

ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި
Raajje

ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

މިދުވަަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށްވާތީ، ފްލައިޓް ޑިލޭވުން މަދު ކުރުމަށް ރުމުގެ ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް ދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އިދާރާ އިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވާތީ، އެއަރޕޯޓުގެ ކިއުތައް ދިގުވެ، ޑިލޭތައް މަދުކުރުމަށް ފުރުމުގެ ތިން ގަޑިއިރުކުރިން އެއަރޕޯޓަށް އައުމަށް އެދޭ ކަމަށެވެ. އަދި އިންޓަނޭޝަނަލް ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް ޗެކްއި...

ސިއްހީ ދާއިރާއަށް ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވޭ: ރައީސް
Raajje

ސިއްހީ ދާއިރާއަށް ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވޭ: ރައީސް

ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ ޕޫނަމް ކެތްރަޕާލް ސިންގް، ރައީސް އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި...

އެމްއެމްސީ އާއި އެމްޖޭއޭ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި
Raajje

އެމްއެމްސީ އާއި އެމްޖޭއޭ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކޮށްފި އެވެ. އެމްއެމްސީގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި އެމްޖޭއޭ އިން ވަނީ އެފަރާތަކީ ވެސް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރަމުން އަންނަ ފަރާތެއް ކަމަށާއި ހަމައެގޮތަށް އެމްއެމްސީ އަކީ ވެސް އެ މަގުސަދުގައި މަސައްކަތްކުރާ ބައެއްކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އެފަރާތުން މާލެއާއި އަތޮޅު ތެރޭގައި ހިންގާ ތަފާތު އެކި ޕްރޮގްރާމުތައް ދެފަރާތް ގު...

Raajje

ކަށުނަމާދު އިއުލާން ކުރުން ހުއްޓާލުމަށް ސިޓީ ކައުންސިލުގެ އެސްޖީ އެންގި: މުނައްވަރު

ކަށުނަމާދު އިއުލާން ކުރުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އެންގި ކަމަށް ނިޔާވާ މީހުންގެ ކަށުނަމާދުގެ ވަގުތު އާންމުކުރަމުން އަންނަ “ކަށުނަމާދު” ޕޭޖުގެ ފަރާތުން ބުނެފި އެވެ. އެ ޕޭޖު އަދި ކަށުނަމާދުގެ މައުލޫމާތު ފެތުރުމަށް ހާއްސަކޮށް ހިންގާ ވައިބާ ކޮމިއުނިޓީ ހިންގުމުގައި އިސްކޮށް ހުންނަވަނީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ އާސަހަރާގައި ހިދުމަތް ކުރައްވަމުން އަންނަ ހިދުމަތްތެރިޔާ، އަހްމަދު މުނައްވަރެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އަހްމަދު މުނައްވަރު ވިދާޅުވީ އޭނާއ...

ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއިން އެއްބާރުލުން އިތުރުކުރަން މަޝްވަރާކޮށްފި
Raajje

ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއިން އެއްބާރުލުން އިތުރުކުރަން މަޝްވަރާކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާއާއިން ޒުވާނުންގެ ތަރައްގީ ކުރުމަށް އެއްބާރުލުން އިތުރުކުރުމަށް ބޮސްނިއާ އެންޑް ހަރޒަގޮވިނާ އާއެކު މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާ ކުރައްވާފައިވަނީ އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒު ޑޮކްޓަރ ބިސޭރާ ޓުރްކޮވިޗް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގަ އެވެ. ރައީސް އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސް ވަނީ ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒަށް މަރ...

އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް ހަރަކާތްތައް ފަށައިފި
Business

އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް ހަރަކާތްތައް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓް ސޭފްޓީ ވީކް ހަރަކާތްތައް ފަށައިފި އެވެ. މި ހަރަކާތްތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު، އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ “ތިލަދުން” އަށް ވިދާޅުވީ ޕޯޓްސް ސޭފްޓީ ވީކަކީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ފާހަގަކުރާ ހަފުތާއެއް ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު މި ހަރަކާތް ނުބޭއްވުނު ނަމަވެސް، މިއީ އެ ކުންފުނިން ބާއްވާ މިފަދަ […]

ނިޝާމާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލް ނިޔާވެއްޖެ
Raajje

ނިޝާމާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލް ނިޔާވެއްޖެ

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިޝާމާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދާދި ދެންމެއަކު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަބޫބަކުރު ފައިސަލް މިއަދު 08:28 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އޭނާ ނިޔާވީ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ކަމަށެވެ. އޭނާއަށް ފަރުވާދެމުން...

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދެއްވުން ވަރަށް އެދެން: ރައީސް ނަޝީދު
Raajje

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދެއްވުން ވަރަށް އެދެން: ރައީސް ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެކަން އިއުލާން ކުރައްވައި، ނަޝީދު ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އެމަނިކުފާނަށް ދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑޮމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަތީ […]

ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް އަލުން ފަށައިފި
Thiladhunmathi News

ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް އަލުން ފަށައިފި

ހދ. ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް ފަށައިފި އެވެ. އެ އެކަޑަމީގެ ރައީސް ފާރޫގް އާދަމް “ތިލަދުން” އަށް ވިދާޅުވީ 2018 ވަނަ އަހަރު އުފެދުނު މި އެކަޑަމީގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަނިކޮށް މުޅި ދުނިޔެއަށް ވެސް ކުރިމަތިވި ކޮވިޑުގެ ސަބަބުން ހަރަކާތްތަކަށް މަޑުޖެހުން އައި ކަމަށެވެ. ނަމަވެސް އެ ހާލަތު ބަދަލުވެ، މިހާރުވަނީ އަލުން ކުރިއެކޭ ވެސް އެއްގޮތަށް ހަރަކާތްތައް ފަށާފައި ކަމަށެވެ. އެގޮތުން މި ޑިސެމްބަރު މަހު އެރަށުގައި ފުޓްސަލް […]

މުބާލް، އިތުރު ރެކޯޑެއް އައު ކޮށްފި
Sports

މުބާލް، އިތުރު ރެކޯޑެއް އައު ކޮށްފި

16 ވަނަ ފީނާ ސްވިމިންގ ޗެމްޕިއަންޝިޕްގައި މުބާލް އައްޒާމް އިބްރާޙިމް، އިތުރު ރެކޯޑެއް އައު ކޮށްފި އެވެ. އޭނާ އައު ކޮށްފައިވަނީ ފިރިހެނުންގެ (ޝޯރޓްކޯސް) 400 މީޓަރ މެޑްލޭ އިވެންޓުގެ ގައުމީ ރެކޯރޑެވެ. އެ ރެކޯޑު އޭނާ އައު ކޮށްފައިވަނީ 05.00.64 އިން އިވެންޓް ނިންމައިގެން ނެވެ. މިއީ މި މުބާރާތުގައި އޭނާ އައު ކުރި ދެވަނަ ރެކޯޑެވެ. އެގޮތުން މުބާލް ވަނީ 4 ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ ރިލޭގެ އިވެންޓްގެ ގައުމީ ރެކޯރޑް […]

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 28 ގައި ބާއްވަނީ
Raajje

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 28 ގައި ބާއްވަނީ

މި ފެށޭ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑޮމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަތީ އަންނައަހަރު ޖެނުއަރީ މަހު ބޭއްވުމަށް ނިންމައި، ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. އެ ޕާޓީން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހު ކަމަށާއި ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް […]

މާފުށީގައި ޔޫތު ސެންޓަރެއް ހުޅުވައިފި
Raajje

މާފުށީގައި ޔޫތު ސެންޓަރެއް ހުޅުވައިފި

މާލެ އަތޮޅު މާފުށީގައި 10 އަހަރަށްފަހު ޔޫތް ސެންޓަރެއް ހުޅުވައިފި އެވެ. އެރަށު ކައުންސިލުން ހަދާފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައިދެއްވީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް ޢަބްދުﷲ ނަޝީދު އެވެ. މި ސެންޓަރަކީ މާފުށި ކައުންސިލްގެ ބަޖެޓުން އިމާރާތްކޮށްފައިވާ ތަނެއް ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އޭސީ ވެސް ކޮށްފައިވާ މި ޔޫތް ސެންޓަރުގައި ދެ ބިލިއަރޑް ބޯޑާއި ޓެބަލް ޓެނިސް، ކެރަމް އަދި ޗެސް ކުޅޭވޭނެ އިންތިޒާމު ވަނީ […]

ރައީސް ސާލިޙްގެ ކެމްޕެއިން މެނޭޖަރަކަށް ނާޝިޒު
Raajje

ރައީސް ސާލިޙްގެ ކެމްޕެއިން މެނޭޖަރަކަށް ނާޝިޒު

އަންނައަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި  މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ހަމަޖައްސަވައިފި އެވެ. ނާޝިޒުއަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީގެ ކޮއްކޮ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ ފިރިކަލުން ނެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ...

ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް: ހިސާން
Raajje

ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް: ހިސާން

ނާއިންސާފުން ތިމާގެ ހައްގެއް ގެއްލިދާ ކޮންމެ ވަގުތަކީ ކޯޓުތަކުގެ ދޮރުގައި ޓަކި ޖަހަންޖެހޭ ވަގުތެއް ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ. “ޖުޑިޝަރީ ފޮ ޖޫނިއާސް” ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިފަދަ ކޮންމެ ހާލަތެއްގައި، އަދުލުވެރިކަމާއެކު އެ މައްސަލައެއް އިންސާފުގެ މަގުން ނިންމައިދޭނެ ފަނޑިޔާރުން ތިބިކަން ޔަގީންވުމަކީ ކޮންމެ މީހަކު ވެސް އެދޭނެ ގޮތް ކަމަށެވެ. އެ ހައްގު ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދިނުމަށ...