މަސްތުވާތަކެއްޗާއި 9 ލައްކަ ރުފިޔާއާއެކު 17 މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި 9 ލައްކަ ރުފިޔާއާއެކު 17 މީހަކު ހައްޔަރުކޮށްފި އެވެ. މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި، 9 ލައްކައަށްވުރެ ގިނަ ރުފިޔާއާއިއެކު ސަތާރަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 10 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށް ވިދާޅުވެފަވެއެވެ. މީގެ އިތުރުން މި އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށާއި 933,430 ރުފިޔާ ހޯދާފައިވާ ކަަމަ...