Skip to main content

މުޙައްމަދު ވަސީމް

Viewer
🇲🇻 ތިލަދުން Desk
129 Stories
5 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު ވަސީމް

ފެބްރުއަރީގައި ފްލައި ދުބާއީން ގަމަށް ދަތުރު ފަށަނީ، ކޮންމެ ދުވަހަކު ދަތުރު ކުރާނެ
Raajje

ފެބްރުއަރީގައި ފްލައި ދުބާއީން ގަމަށް ދަތުރު ފަށަނީ، ކޮންމެ ދުވަހަކު ދަތުރު ކުރާނެ

ޔުނައިޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފްލައި ދުބާއީގެ ދަތުރުތައް ގަން އިންޓަނެޝަނަލް އެއާޕޯޓަށް ފަށާ ތާރީހާއި ޝެޑިއުލް އިއުލާނު ކޮށްފި އެވެ. ދުބާއީގައި އޮޕަރޭޓް ކުރާ ފްލައި ދުބާއީ އަކީ އަގު ހެޔޮ، ފެންވަރު ރަނގަޅު ހިދުމަތްތަކެއްދޭ ބަޖެޓު އެއާލައިން އެކެވެ. މި އެއާލައިނުން ރާއްޖެއަށް މިހާތަނަށް ދަތުރު ކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާލައިނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ގަމާއި ދުބާއީ އާއި ދެމެދު ފްލައި ދުބާއީގެ ދަތުރުތައް ފަށާނީ އަންނަ […]

ވިޒް އެއާއިން ރާއްޖެއަށް ކުރަނީ ދިގު ދަތުރެއް!
International

ވިޒް އެއާއިން ރާއްޖެއަށް ކުރަނީ ދިގު ދަތުރެއް!

ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީ އާއި ދެމެދު އަލަށް ދަތުރު ކުރަން ފެށި ވިޒް އެއާގެ ދަތުރުގެ ދިގު މިނަށް ބައިނަލްއަގުވާމީ މީޑިއާގައި ފާޑުކިޔައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ދަތުރަށް އެ އެއާލައިނުން 700 ކިލޯ މީޓަރުގެ ދަތުރެއް ކުރެ އެވެ. އެއީއަބޫދާބީން ވީއައިއޭއަށް 5 ގަޑިއިރާއި 20 މިނެޓު އަދި ވީއައިއޭއިން އަބޫދާބީއަށް ފަސް ގަޑިއިރާއި 50 މިނެޓުގެ ދަތުރެކެވެ. އެއީ އާންމުކޮށް އެހެން އެއަރލައިންތަކުން ދަތުރު ކުރެވޭ ވަރަށް ވުރެ […]

ދުނިޔޭގެ އެންމެ އަގުބޮޑު 13 އިމާރާތް!
Column

ދުނިޔޭގެ އެންމެ އަގުބޮޑު 13 އިމާރާތް!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ އަގުބޮޑު އިމާރާތްތަކުގެ ތެރެއިން އެންމެ އަގު ބޮޑު އިމާރާތަކީ ކޮބައިބާއޭ ހިތަށް އަރާ މީހުން ވަރަށް ގިނަ އެވެ. އަގު ބޮޑު އިމާރާތަކަށް ވެގެންދަނީ ތަނުގެ ސްޓްރަކްޗާ އާއި އިމާރާތެއް ހެދުމަށް ދިޔަ ހަރަދާއި މުވައްޒަފުންނަށް ކުރަން ޖެހުނު ހަރަދު އެއްކުރުމުން ކުރަން ޖެހޭ ޖުމްލަ ހަރަދަށް ބެލުމަށް ފަހު އެވެ. އެފަދަ އިމާރާތްތަކުގައި ހަދާފައި ހުންނަ ކޮޓަރި ނުވަތަ އެޕާޓްމެންޓުތަކުގެ އަގަކީ އެ އިމާރާތެއް އަގުބޮޑު އިމާރާތުގެ ގޮތުގައި ބަލާ […]

3200 މެގަޕިކްސެލްގެ ޓިޖިޓަލް ކެމެރާގެ މަސައްކަތް ނިމެނީ
International

3200 މެގަޕިކްސެލްގެ ޓިޖިޓަލް ކެމެރާގެ މަސައްކަތް ނިމެނީ

ދުނިޔޭގެ އެންމެ ބޮޑު ކެމެރާ ހެދުމުގެ މަސައްކަތް ނިމުމަކާއި ވަރަށް ގާތްވެފައިވާކަމަށް އެމެރިކާގެ ކެލިފޯނިއާގެ ސްޓެންފޯޑު ލީނިއާ އެކްސެލެރޭޓާ ސެންޓަރު (އެސްއެލްއޭސީ)ގެ ގައުމީ ލެބޯޓަރީ ހާމަކޮށްފި އެވެ. އެ ލެބޯޓްރީގެ ޓީމުން އެ މަސައްކަތް ފެށީ މީގެ ހަތް އަހަރު ކުރިންނެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ހައްނާ ޕޮލެކް ބުނީ ކެމެރާގެ އޮނިގަނޑާއި މެކޭނިޒަމްގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ދެން އޮތީ ކެމެރާގެ ފަހުގެ މަންޒިލް ކަމަށްވާ ޗިލީގެ ވީރާ ސީ ރުބިން އޮބްޒަވާޓްރީއަށް […]

މިހާރު މޮބައިލް ފޯނާއި ނުލައި އުޅެވިދާނެތަ؟ މިއޮތީ ތަޖުރިބާކުރި މީހެއްގެ ވާހަކަ!
Column

މިހާރު މޮބައިލް ފޯނާއި ނުލައި އުޅެވިދާނެތަ؟ މިއޮތީ ތަޖުރިބާކުރި މީހެއްގެ ވާހަކަ!

ޒަމާނީ ދިރިއުޅުމުގައި މޮބައިލް ފޯނާއި ނުލައި އުޅުން ވަރަށް އުނދަގުލެވެ. ހާއްސަކޮށް ސްމާޓު ފޯނެއް ނެތިއްޖެ ނަމަ އެއީ ދިރިއުޅުމުގެ އަދި ގައިގެ އެއްބައި އުނިވުންފަދަ ދެރަ ކަމެކޭ މިއަދު ހީވާކަހަލަ އެވެ. މޮބައިލް ފޯނުގެ ރަންޒަމާން އައުމާއި އެކު މިއަދު ފޯނު ނުގެންގުޅޭ މީހަކު މަދު ވާނެ އެވެ. “މިހާރު ފޯނާއި ނުލައި އުޅެވިދާނެތަ؟” މި ސުވާލު ކުރުމާއި އެކު ކޮންމެ މީހެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ މޮބައިލް ފޯނު އާންމު ނުވާ ދުވަސްވަރު އެންމެވެސް […]

ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި
News

ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި

ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި އެވެ. ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި މި ގާނޫނަށް އަމަލު ކުރަން ފަށާނީ 2024 ވަނަ އަހަރުން ފެށިގެންނެވެ. މި ގާނޫނު ބުނާގޮތުން ސްމާޓް ފޯނުތަކާއި ޓެބްލެޓުތައް އަދި ކެމެރާތައްވެސް ޗާޖު ކުރުމަށް ބޭނުން ކުރަން ޖެހޭނީ ސީ ޕޯޓް އެވެ. މި ނިންމުމާއި އެކު އެންމެ ބޮޑު އަސަރެއް ކުރާނީ އެޕަލް ކުންފުންޏަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެޕަލް ކުންފުނިން ދަނީ ފެށުނީންސުރެ އެމީހުންގެ ޗާޖަރުތައް […]

ކާރިސާތައް ގިނަވުމުން، ދިރިއުޅެން ޖެހިފައިވަނީ "މަރާއި ހަނގުރާމަކުރަމުން": ގުޓެރެސް
International

ކާރިސާތައް ގިނަވުމުން، ދިރިއުޅެން ޖެހިފައިވަނީ "މަރާއި ހަނގުރާމަކުރަމުން": ގުޓެރެސް

ދުނިޔޭގައި މިހާރު ސަލާމަތްވެވެން އޮތީ ދިރި ހުރުމާއި މަރާއި ހަނގުރާމަ ކޮށްގެން ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ކޮންގޯގެ ވެރިރަށް ކިންޝަސާގައި ކުރިޔަށްދާ މޫސުމާއި ބެހޭ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ގުޓެރެސް ވިދާޅުވީ މޫސުމަށް ނޭދެވޭ އަސަރުކޮށް ދުނިޔެއަށް ބޮޑެތި ގެއްލުންތައް ލިބެމުންދަނީ ހީވެސް ނުކުރާހާ ހަލުވިކަމާއި އެކު އަވަހަށް ކަމަށެވެ. ގުޓެރެސް ވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ތަރައްގީވެފައިވާ 20 ގައުމުން ކަމަށެވެ. […]

ޓްރަމްޕް މިފަހަރު އަބުރުގެ ދައުވާ ކުރީ ސީއެންއެން އާއި ދެކޮޅަށް، ނަގައިދޭން އެދުނީ 475 މިލިއަން ޑޮލަރު
News

ޓްރަމްޕް މިފަހަރު އަބުރުގެ ދައުވާ ކުރީ ސީއެންއެން އާއި ދެކޮޅަށް، ނަގައިދޭން އެދުނީ 475 މިލިއަން ޑޮލަރު

ބައިނަލްއަގުވާމީ ނޫސް އެޖެންސީ ސީއެންއެން އާއި ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަބުރުގެ ދައުވާކޮށްފި އެވެ. މި މައްސަލަ ޓްރަމްޕް ވެއްދީ ފްލޮރިޑާ ސްޓޭޓްގެ ޑިސްޓްރިކްޓު ކޯޓަކަށެވެ. ދައުވާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ޓްރަމްޕް އެދިފައިވަނީ 475 މިލިއަން އެމެރިކާ ޑޮލަރު ނަގައި ދިނުމަށެވެ. ޓްރަޕްމް ވިދާޅުވީ، ސީއެންއެންއިން އާންމު ކުރި މައުލޫމާތުތަކެއްގެ ސަބަބުން ސިޔާސީ ކެރިއަރަށާއި ކެމްޕެއިނަށް ހުރަސް އެޅުނު ކަމަށެވެ. މި މައްސަލައަކީ 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިނ...

އައްނޫ ކަޕޫރުވެސް ސްކޭމް ކޯލެއްގެ މަޅީގައި ޖެހިއްޖެ، ފުލުހުންނަށް ހޯދުނީ ތިން ލައްކަ
International

އައްނޫ ކަޕޫރުވެސް ސްކޭމް ކޯލެއްގެ މަޅީގައި ޖެހިއްޖެ، ފުލުހުންނަށް ހޯދުނީ ތިން ލައްކަ

އިންޑިއާގެ އެކްޓަރު އަދި މަޝްހޫރު ހޯސްޓު އައްނޫ ކަޕޫރުގެ އެކައުންޓުން ފޭރިގަތް ފައިސާގެ ތެރެއިން ތިން ލައްކައަށްވުރެ ގިނަ އިންޑިއަން ރުޕީސް، ފުލުހުންގެ އެހީތެރިކަމާއި އެކު އަނބުރާ ހޯދައިފި އެވެ. އޭނާގެ އެ އެކައުންޓަކީ އެޗްއެސްބީސީގެ އެކައުންޓެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޮންލައިންކޮށް ސްކޭމް ހިންގި، ކްރިޝްނަކުމާރު ރެޑީ ކިޔާ އެމީހާ އައްނޫ އާއި ގުޅައިގެން މުއާމަލާތް ކުރީ ކަސްޓަމަރުގެ މައުލޫމާތު އަޕްޑޭޓު ކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ. އެމީހާ ގުޅީ އެ ބޭންކުގެ […]

12 އަހަރުގައި ނިއުކުލިއާ ފިއުޝަން ރިއެކްޓަރެއް އުފައްދައިގެން ރެކޯޑު ފޮތަށް
International

12 އަހަރުގައި ނިއުކުލިއާ ފިއުޝަން ރިއެކްޓަރެއް އުފައްދައިގެން ރެކޯޑު ފޮތަށް

ނިއުކްލިއާ ފިއުޝަން ރިއެކްޓާ އެއް އުފައްދައިގެން އެމެރިކާ ކުއްޖަކު ދުނިޔޭގެ ރެކޯޑެއް ހެދީ އުމުރުން އެންމެ 12 އަހަރުގައި އެވެ. ޖެކްސަން އެސްވޯލްޓް ކިޔާ އެ ކުއްޖާ މި ރިއެކްޓާ އުފައްދައިގެން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދީ އުމުރުން 13 އަހަރު ފުރެން ގަޑިއެއްހާ އިރަށްވެފައި ވަނިކޮށެވެ. ރެކޯޑު ފޮތުން ޖާގަ ލިބުމާއި ގުޅޭގޮތުން އާންމު ކުރި ވީޑިއޯގައި މީގެ ދެ އަހަރު ކުރިން ބުނީ އޭނާ އުފެއްދި ނިއުކްލިއާ ފިއުޝަން […]

100 ޑޮލަރުގެ ރިފަންޑަށް "އޮޅިގެން ފޮނުވުނީ" 10.5 މިލިއަން، ހޯދަން ސުޕްރީމް ކޯޓަށް
News

100 ޑޮލަރުގެ ރިފަންޑަށް "އޮޅިގެން ފޮނުވުނީ" 10.5 މިލިއަން، ހޯދަން ސުޕްރީމް ކޯޓަށް

ކުރިޕްޓޯ.ކޮމް އިން ރިފަންޑުގެ ގޮތުގައި 100 ޑޮލަރު ފޮނުވަންޖެހޭ ކަސްޓަމަރަކަށް 10.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ފޮނުވިއްޖެ އެވެ. މިއީ ޔޫއެސް ޑޮލަރުން ބަލާނަމަ 7.2 މިލިއަން އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއްސަތޭކަ އެގާރަ މިލިއަން ދެ ލައްކަ ސާޅިސް ހާސް ރުފިޔާ އެވެ. ކްރިޕްޓޯ.ކޮމް އަށް އޮޅިގެން މިހާބޮޑު އަދަދެއް ފޮނުވިފައިވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭ އަންހެނަކަށެވެ. އެ ފައިސާ އަންހެން މީހާއަށް ޓްރާންސްފާ ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް ރިޕޯޓުތައް […]

ޑެންމާކް މަގުތަކުގައި، އެކަނިމާއެކަނި ކުޑަކުދިން ނިންދަވާފައި ބައިތިއްބާތީ ސަމާލުކަން!
International

ޑެންމާކް މަގުތަކުގައި، އެކަނިމާއެކަނި ކުޑަކުދިން ނިންދަވާފައި ބައިތިއްބާތީ ސަމާލުކަން!

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ގިނަ އަދަދެއްގެ ބޭބީ ސްޓްރޯލާތަކެއްގައި ކުޑަކުދިން ނިންދަވާފައި ތިބި ތަނެވެ. އެ މަންޒަރުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެކުދިން ބޭބީ ސްޓްރޯލާތަކުގައި އެކަނި މަގުމަތީގައި ނިންދަވާފައި ތިބުމެވެ. އެ ވީޑިއޯތަކުން ގާތްގަނޑަކަށް 15 ވަރަކަށް ކުދިން އެ ސަރަހައްދުގައި އެކަނިމާއެކަނި ނިންދަވާފައި ތިބިތަން ފެނެއެވެ. ވީޑިއޯ އާއި ގުޅޭގޮތުން ޕޯސްޓު ކުރި އެމެރިކާ އަންހެނަކު ބުނީ އެއީ ޑެންމާކުގެ މަގުތައް ކަމަށާއި އެ ގައުމުގައި އެއީ އާންމު ކަމެއް […]

ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރުކޮށްފި
International

ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރުކޮށްފި

ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރު ކޮށްފި އެވެ. ގިނިސް ބުކް އޮފް ވޯލްޑްރް ރެކޯޑުގެ އެ ޝަރަފު އޮންނަނީ ތުރުކިޔާއަށް ނިސްބަތްވާ ރުމޭސާ ގެލްގީ އަތުގައި އެވެ. އޭނާ މިރެކޯޑު ހޯދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބިފައި އޮތީ އެންމެ ދިގު ފުރާވަރު އަންހެން ކުއްޖާގެ ރެކޯޑެވެ. ރިޕޯޓުތައް ބުނާގޮތުގައި ރުމޭސާ އިސްކޮޅުން ދިގު ކަމުން އޭނާއަށް ދަތުރުފަތުރު […]

އިންވެސްޓު ކުރި ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ، ޓެރާގެ ފައުންޑަރ ކޮވޯން ހޯދަން ރެޑް ނޯޓިސް
International

އިންވެސްޓު ކުރި ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ، ޓެރާގެ ފައުންޑަރ ކޮވޯން ހޯދަން ރެޑް ނޯޓިސް

މިހާރު މުޅި ދުނިޔޭގައި މަޝްހޫރު ކްރިޕްޓޯ ކްރަންސީ އެއްކަމުގައިވާ ޓެރާ ކްރިޕްޓޯކަރަންސީ (ލޫނާ) އާއި ސްޓޭބަލްކޮއިން ނުވަތަ ޓެރާޔޫއެސްޑީ (ޔޫއެސްޓީ) ފައުންޑަރ ޑޫ ކޮވޯން ހޯދަން އިންޓަރޕޯލް އިން ރެޑްނޯޓީސް ނެރެފި އެވެ. އޭނާ އާއި ދެކޮޅަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނީ އޭނާ ނިސްބަތްވާ ސައުތް ކޮރެއާއިން އެދިގެންނެވެ. ސައުތް ކޮރެއާގެ ޕްރޮސެކިއުޓާސްގެ ތަރުޖަމާނު ބައިނަލްއަގުވާމީ މީޑިއާގައި ވިދާޅުވީ ކޮވޯން އާއި ދެކޮޅަށް ތަހުގީގު ކުރަމުންދަނީ 40 ބިލިއަން އެމެރިކާ ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް ކަމަށެވެ....

ބާރުގަދަ ހަރިކޭން އިއާންގެ މަންޒަރުތައް ބިރުވެރި
International

ބާރުގަދަ ހަރިކޭން އިއާންގެ މަންޒަރުތައް ބިރުވެރި

އެމެރިކާގެ ފްލޮރިޑާއަށް އިއްޔެގެ ވަގުތެއްގައި އެރި ތޫފާން ހަރިކޭން އިއާންގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. މި ތޫފާނުގައި ލިބުނު ގެއްލުންތަކުގައި 2.6 މިލިއަން މީހުން އަދިވެސް ތިބީ ކަރަންޓުން މަހުރޫމު ވެފައިކަމަށް ރިޕޯޓުތައް ބުނެ އެވެ. ފްލޮރިޑާއަށް އަރާ ހުރިހާ ތޫފާނަކަށްވެސް ނަންދެވިފައިވަނީ ހަރިކޭން އާއި ގުޅުވައިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަރިކޭން އިއާން ފްލޮރިޑާގެ އައްސޭރިފަށުން އަރާފައިވާއިރު މިތޫފާން ގިންތި ކުރެވިފައިވަނީ ހަތަރުވަނަ ގިންތީގެ ބާރު މިނުގައި އެވެ. Cantore just got...