ތޯލިބާނުން އިސްރާއީލާއި ގުޅުން ބަދަހިކުރާ ކަމުގެ އަޑުތަކެއް
އަފްގާނިސްތާނުގައި ވެރިކަން ކުރާ ތޯލިބާނުންނާއި އިސްރާއީލާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމަށް މަޑުމަޑުން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އަފްގާންގެ ކުރީ ސަރުކާރުގެ އިސް އޮފިޝަލެއް އަދި މިހާރު ތޯލިބާނުންނާއި އެކު ސަރުކާރުގައި މަސައްކަތް އޮފިޝަލަކުން އައި24ނިއުސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ އިސްރާއީލާއި ގުޅުން ބަދަހި ކުރުމަށް ބާރު އަޅަމުން ދަނީ ތޯލިބާނުންގެ ތެރެއިން ފެކްޝަނަކުން ކަމަށެވެ. އެ ފެކްޝަންގައި އެންމެ މަތީ ފަންތީގެ ތޯލިބާނުންގެ ވެރިންގެ އިތުރުން ޕޮލިސީ ލ...