Skip to main content

ސަނިއްޔާ އަބޫބަކުރު

Viewer
🇲🇻 ތިލަދުން Desk
246 Stories
12 Reads

Published on ތިލަދުން (Thiladhun) by ސަނިއްޔާ އަބޫބަކުރު

މިދިޔަ ހަފްތާގައި ހަތަރު ސަތޭކަ އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ
Raajje

މިދިޔަ ހަފްތާގައި ހަތަރު ސަތޭކަ އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

މިދިޔަ ހަފްތާގައި ހަތަރު ސަތޭކަ އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ ރޭޓް އިތުރުވަމުން ދާތީ އިންޒާރު ކުރައްވަމުން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފްތާގައި 205 މީހުން ވަނީ އެ ބަށްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވް ވެފައިވާ 231 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވެފައިވާ 95 […]

ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް
Raajje

ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް

މޯލްޑިވްސް ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒް ހަމަޖައްސަވައިފިއެވެ. ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލް ޖުމްހޫރިއްޔާ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމަށް ޑރ. އިނާޒް ޢައްޔަނު ކުރައްވާފައި މިވަނީ އެ ޤާނޫނުގައި ބުނާ ފަދައިން ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރީގެ ކަންތައްތައް ބަލަަހައްޓަވާ ވުޒާރާ ގުޅިގެން އުފެއްދި ސިލެކްޝަން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ނަން ތަކުގެ ތެރެއިންނެވެ....

"ރ.ޓޫރިޒަމް އެކްސްޕޯ 2022" އަށް ބޮޑު ތަރުހީބެއް
Raajje

"ރ.ޓޫރިޒަމް އެކްސްޕޯ 2022" އަށް ބޮޑު ތަރުހީބެއް

ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ “ރ.ޓޫރިޒަމް އެކްސްޕޯ 2022″ގެ ތެރެއިން މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި އެކްސްޕޯއަކީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ ރ. އަތޮޅު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. “ރ. ޓޫރިޒަމް އެކްސްޕޯ 2022” ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރެއިން އެންމެ ޝައުޤުވެރި އެއް ޙަރަކާތް ކަމަށްވާ މޫދު ކުޅިވަރުގެ ބައި ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު ރ އަތޮޅު […]

ޑރ. އިޔާޟަށް އަލުން ވަޒީފާ ދޭން އަންގައިފި
Raajje

ޑރ. އިޔާޟަށް އަލުން ވަޒީފާ ދޭން އަންގައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުކަމުގެ މަޤާމުގައި ހުންނަ ވަނިކޮށް މަޤާމުންވަކި ކޮށްފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފް މަޤާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. އަންހެނުން ހިތާނު ކުރުމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ވިދާޅުވި ވާހަކަތަކާ ގުޅިގެން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ކަމަށް ބުނެ އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޟު ވަކިކ...

ސްޓެލްކޯގައި އޮތީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް: ނައިބު ރައީސް
Raajje

ސްޓެލްކޯގައި އޮތީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް: ނައިބު ރައީސް

ސްޓެލްކޯ އިން އަދާކުރަމުންދާ ބޮޑު ޒިންމާ އަދާކުރުމުގެ ފަހަތުގައި އޮތީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަން ފާހަގަ ކުރަށްވައި، އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަމެއްކަމަށް ވެސް […]

ކެލާގައި ގެސްޓް ހައުސްއާއި ސިޓީ ހޮޓާ އެޅުމަށް ބިން ލިބުނު ފަރާތްތަކަށް އެގާރަ ބިމެއް ހަވާލުކޮށްފި
Thiladhunmathi News

ކެލާގައި ގެސްޓް ހައުސްއާއި ސިޓީ ހޮޓާ އެޅުމަށް ބިން ލިބުނު ފަރާތްތަކަށް އެގާރަ ބިމެއް ހަވާލުކޮށްފި

ހއ. ކެލާގައި ޓްއަރިސްޓް ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ހއ. ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވީ ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި މި ކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. ކެލާގައި ގެސްޓް ހައުސް އަދި ސިޓީ ހޮޓާ އެޅުމަށް […]

ބިލެތްފަހީގައި ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރަން ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ހިންގައިފި
Thiladhunmathi News

ބިލެތްފަހީގައި ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރަން ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ހިންގައިފި

ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރުން – ހޭލުންތެރި މުޖުތަމައު މި ޝިޢާރުގެ ދަށުން ށ. ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބިލެތްފަހި ކައުންސިލާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ޕްރޮގްރާމެއް ހިންގައިފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވީ އެ ރަށުގައި ކުރިޔަށް ގެންދިޔަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް “ރައްކާތެރި ގޮތުގައި ކަރަންޓް ބޭނުންކުރުމުގެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް...

ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށް އަންގައިފި
Raajje

ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށް އަންގައިފި

ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ބޮޑުވުވުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ފިޔަވަޅު އަޅަން ފަށައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއަކަށް މާދަމާއިން ފެށިގެން ޢަމަލު ކުރަން އަންގަވާފައި ވާއިރު، ލޯކަލް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާތަކުން މި ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހެއެވެ. މި ސާކިއުލާގައި ވަނީ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި އެއްވެސް ޕްރޮމޯޝަނެއް ނުދިނުމާއި، ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކ...

ޙައްޖު ފޯމުތައް ބަލައިގަތުމަށް މޯދީއާ ގުޅުން ހުރި ކުންފުންޏެއް ހަމަޖެއްސުމުން އިންޑިއާގެ މުސްލިމުންގެ ނުރުހުން ސައޫދީއަށް
International

ޙައްޖު ފޯމުތައް ބަލައިގަތުމަށް މޯދީއާ ގުޅުން ހުރި ކުންފުންޏެއް ހަމަޖެއްސުމުން އިންޑިއާގެ މުސްލިމުންގެ ނުރުހުން ސައޫދީއަށް

ހައްޖު ފޯމުތައް ޕްރޮސެސް ކުރުމަށް ސައުދީ އަރަބިއްޔާއިން އިންޑިއާގެ މޯދީއާ ގުޅުން ހުރި ކުންފުންޏެއް ހަމަޖެއްސުމުން އިންޑިއާގެ މުސްލިމުން ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނަ އިންޑިއާގެ މުސްލިމުން ބުނަމުންދަނީ ސަޢޫދީޢަރަބިއްޔާއިން މިގޮތަށް ކަންތައްތައް ކުރުމުން މި މަސައްކަތުން އިންޑިއާގެ ބީޖޭޕީގެ އެކްޓިވިސްޓުން މުއްސަނދި ވެގެންދާނެ ކަމަށާއި މި ފައިސާއިން މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާއްމުތައް ހިންގާނެ ކަމަށެވެ. މެދުއިރުމަތީގެ ޚަބަރުތައް ގެނެސް...

ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއް: ރައީސް
Thiladhunmathi News

ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއް: ރައީސް

ނ ހޮޅުދޫ މޭނާ ސްކޫލަކީ މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލު ތަކުގެ ތެރެއިން، 75 އަހަރު ފުރުނު 4 ވަނަ ސްކޫލު ކަމަށެވެ. އެހެން ކަމުން މި ސްކޫލަކީ ތަޢުލީމީ ގޮތުން މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސް ވިދާޅުވިއެވެ. މޭނާ ސްކޫލު […]

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ޢިއްޒަތް ޝާހިދަށް އެރުވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ
Raajje

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ޢިއްޒަތް ޝާހިދަށް އެރުވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ނޢޢވ އަށް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރު ކަންވެސް ކުރައްވާ ޢަބްދުﷲ ޝާހިދަށް ރައީސް މަރުހަބާ ދެންނެވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. މި ނިޝާންގެ ޢިއްޒަތް ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގަ […]

ބޮޑުތިލަދުންމަތީގެ ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު މިއަދު ހަނިމާދޫގައި ބާއްވައިފި
Thiladhunmathi News

ބޮޑުތިލަދުންމަތީގެ ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު މިއަދު ހަނިމާދޫގައި ބާއްވައިފި

‏މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބޮޑު ތިލަދުންމައްޗަށް އަމާޒު ކޮށްގެން ހއ. ހދ. އަދި ށ. އަތޮޅަށް ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް މަޝްރޫޢުގެ “ސަރަހައްދީ ދަނޑުވެރި ވިޔަފާރީގެ މައުރަޒު” ހަނިމާދޫގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ. ‏މި މަޢުރަޒުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަދި ދަނޑުވެރިކަމުގެ ސާމާނު ވިއްކާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތައް ގަންނަ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ތަފާތު ސެޝަންތައްވެސް ވަނީ ބާއްވާފަ އެވެ. މި މައުރަޒުގައި […]

މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ފަށައިފި

ބޮޑުތިލަދުންމަތީގެ ކޯޓުތަކުގެ މުވައްޒަފުން މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ. ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު މި ޕްރޮގްރާމްގައި ބޮޑު ތިލަދުންމަތިން ހއ، ހދ އަދި ށ އަތޮޅަށް ނިސްބަތްވާ 8 މެޖިސްޓްރޭޓުންނާއި 38 މުވައްޒަފުން ބައިވެރިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އު...

އެންމެން އާނ ބަސް ކިޔައިގެން ނޫނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ: ނައިބު ރައީސް
Raajje

އެންމެން އާނ ބަސް ކިޔައިގެން ނޫނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ: ނައިބު ރައީސް

އެންމެން އާނ ބަސް ކިޔައި، އެކަމަށް މަސައްކަތް ކޮށްގެން ނޫނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ކަމާ ގުޅުންހުރި މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ފެއަރ ފަށްޓަވައި ދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެއ...

ނުވަ މީހުންނާއި އެކު ގާފަރު ކައިރިން ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަޑިއަށްގޮސްފި
Raajje

ނުވަ މީހުންނާއި އެކު ގާފަރު ކައިރިން ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަޑިއަށްގޮސްފި

ނުވަ މީހުންނާއި އެކު ގާފަރު ކައިރިން ދަތުރުކުރި ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ސަފާރީގައި އަލިފާން ރޯވެފައިވަނީ ރޭ 22:51 ހާއިރު ކ. ގާފަރާ ދިމާ 13 މޭލު ހުޅަނގުން ދަތުރު ކުރަމުން ދަނިކޮށެވެ. “އަވި” ނަމަކަށް ކިޔާ މި ސަފާރީގައި ޖުމްލަ ނުވަ މީހުން ތިބި އިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ސަފާރީގައި ތިން ފަތުރުވެރިންނާއި ހަ ފަޅުވެރިން ތިބި އިރު މި އެންމެން ވެސް […]