އިހަވަންދޫ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި
ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ. އިހަވަންދޫ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް (ފަޅު ހިމެނޭހެން) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވާ ކަމަށެވެ. މިކަމަށްއެދޭ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 29 ވަނަ...