ށ.އަތޮޅު ކައުންސިލުން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ހިންގާ ކޯހަށް ކުރިމަތިލުމަށް ހުޅުވާލައިފި
ށ. އަތޮޅު ކައުންސިލުން، އެއަތޮޅުގައި ޞިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ހިންގުމަށް ނިންމާފައިވާ “ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް)” ކޯހަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ށ.އަތޮޅު ތަރައްޤީގެ 5 އަހަރުދުވަހުގެ ޕްލޭންގައި ހިމެނައިގެން ދިވެހިރާއްޖޭގެ ޤައުމީޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހަށް ހުޅުވާލައި، ށ. އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވާގޮތުން މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކީ ސައިންސް ގެ މާއްދާ...