ނަރުދޫ ސްޕޯޓްސް ފިއެސްޓާ: ފިއުރިއަސް ޖޭއާރާއި އެފްސީ ބިގް، ފުރަތަމަ މޮޅު ހޯދިއިރު އެންމެ ކުރީގައި ލެއިޓްވުލްފް
ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ “ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023” ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް އެފްސީ ބިގާއި ފިއުރިއަސް ޖޫނިއާގެ އިތުރުން ލެއިޓްވުލްފުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖީޒީ ނަމްބަރު 26، މުހައްމަދު ޖުނެއިދުއެވެ. މި މުބާރާތުގައި [...