ނަރުދޫގައި ކުރިއަށް ގެންދާ ގްރީންހައުސް ޕްރޮގްރާމުން ނަފާ ހޯދަން ފަށައިފި
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ށ. އަތޮޅު ނަރުދޫގައި ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮޖެކްޓްގެ ދަށުން އެ ރަށުގައި ގްރީން ހައުސްގައި ގަސް އިންދައި ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ބައިވެރިން ހެއްދި ގަސްތަކުން ނަފާ ހޯދަން ފަށައިފިއެވެ. ޖުމްލަ 16 ބައިވެރިންނާއިއެކު މި ޕްރޮގްރާމް އެ ރަށުގައި ފަށާފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގައި ގްރީންހައުސް ތައްޔާރުކުރާނެ ގޮތާއި މުޑުވަށް ކުރާނެ ގޮތުގެ އިތުރުން، މިކަމާއިގުޅ...