Skip to main content
Topic Archive

#Shaviyani Narudhoo

160 Stories filed
ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި
Thiladhunmathi News

ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ. އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ. މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ […]

ނަރުދޫ ބޯޓުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެ
Thiladhunmathi News

ނަރުދޫ ބޯޓުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެ

ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިކަމާއި ގުޅޭ އެޗްޕީއޭގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު، ށ. ފުނަދޫ މޮނިޓަރިން ހާލަތަށް ގެނައިކަން އެކައުންސިލުން ހާމަކޮށްފައިވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރު ކުރި މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާކަން އެޗްޕީއޭއިން އެ ކައުންސިލަށް އެންގުމާއި ގުޅިގެންނެވެ. އެ ކައުންސިލުން ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން 16 އޭޕްރިލް […]

ނަރުދޫގައި ހުރި "ލޭ" ފާޑުގެ އެއްޗެއް އަންނަ، އާދަޔާއި ހިލާފު ގަސް!
Column

ނަރުދޫގައި ހުރި "ލޭ" ފާޑުގެ އެއްޗެއް އަންނަ، އާދަޔާއި ހިލާފު ގަސް!

މިއީ މަސްހޫރު ށ. ނަރުދޫގައި ހުންނަ އާދަޔާއި ހިލާފުކަމެއް ފެންނަން ހުރި ގަހެއްގެ ވާހަކައެކެވެ. މިގަހަށް އެރަށުމީހުން ކިޔާއުޅެނީ “ނަން ނޭނގޭ ގަސް” ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެއެވެ. އެރަށު ޒުވާނެއް ކަމުގައިވާ އަލީ ރަމްޒީ މައުލޫމާތުދިން ގޮތުގައި މިހާރުވެސް އެގަހުގެ ގޮތްޕެއް ކަނޑާލިޔަސް ގަހުންއަންނަ ކިރުގެ ބަދަލުގައި އަންނަނީ ރަތްކުލައިގެ ލޭ، ފާޑުގެ އެއްޗެއް ކަމަށެވެ. ރަށުގެ ކައުންސިލް ކުރިމައްޗަށްވާ ގޮތަށް ހެދިފައި ހުރި މިގަހަށް މިހާރު 100 (ސަތޭކަ ) އަހަރަށްވުރެ ގިނަދުވަސްވެފައިވާކަމަށ...

ނަރުދޫގައި ފެން ބޮޑުވެ ދެ ގެއަކަށް ގެއްލުން ވެއްޖެ
Raajje

ނަރުދޫގައި ފެން ބޮޑުވެ ދެ ގެއަކަށް ގެއްލުން ވެއްޖެ

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި، ށ. ނަރުދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ. ށ. ނަރުދޫއަށް ރޭ ކުރި ވިއްސާރާގައި، ރޭ ދަންވަރު 12:00 ހާއިރުން ފެށިގެން ހުއްޓާ ނުލައި ވެހެމުންދިޔަ ވާރޭގެ ސަބަބުން އެރަށުގައި ގާތްގަނޑަކަށް ތިން ފޫޓަށް ފެންބޮޑު ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެވިއްސާރާފައި އެރަށުގެ 5 ވަރަކަށް ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެފައިވާއިރު އޭގެ ތެރެއިން 2 ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ހިފާ ގެންގުޅޭތަކެއްޗަށް ގެއްލުން ވެފައިވާކަމަށް […...

22 ރަށަކަށް ޓާރފް ގެނެސް އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަަށް އަލުން ޢިއުލާން ކޮށްފި
Thiladhunmathi News

22 ރަށަކަށް ޓާރފް ގެނެސް އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަަށް އަލުން ޢިއުލާން ކޮށްފި

22 ރަށެއްގެ ފުޓްބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދިލެއްވުމުގެ މަތިން އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ، އެބީލަންތަށް ބާތިލުކޮށް އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ. އެ ޢިއުލާންގައިވ...

"ރީތި ސާފު ނަރުދޫ" ނަމޫނާ ހަރަކާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި، ފެނަކައިގެ ޝުކުރު ރައްޔިތުންނަށް!
News

"ރީތި ސާފު ނަރުދޫ" ނަމޫނާ ހަރަކާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި، ފެނަކައިގެ ޝުކުރު ރައްޔިތުންނަށް!

29 އޮކްޓޯބަރ 2019 ވަނަދުވަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ށ. ނަރުދޫ ބްރާންޗުން އިސްނަގައިގެން ރަށުތެރެސާފުކުރުމުގެ ޕްރޮގްރާމްތަކެއް “ރީތި ސާފު ނަރުދޫ” މި ޝިޢާރުގެ ދަށުން އެރަށުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ޕްލާސްޓިކްހޮވުމުގެ މުބާރާތެއް ޖުމްލަ 17 ޓީމް ބައިވެރިވެ ކުރިޔަށް ގެންދެވިފައިވާއިރު 35191 ޕްލާސްޓިކް، 3 ޓަން ޕްލާސްޓިކް އެކުރެވިފައިވެއެވެ. އަދި މުބާރާތުގައި ވާދަކޮށް ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ދެވިފައިވެއެވެ. އެގޮތުން އެއް ވަނަ ޓީމަށް 1000 ރުފިޔާ، ދެވަނަ ޓީމަށް [...

ނަރުދޫ އަތިރިމަތި ސާފުކުރުން ފެނަކައާއި އެކު މިފަހަރު ނިކުތީ އަންހެންވެރިން
Thiladhunmathi News

ނަރުދޫ އަތިރިމަތި ސާފުކުރުން ފެނަކައާއި އެކު މިފަހަރު ނިކުތީ އަންހެންވެރިން

ފެނަކަ ނަރުދޫ ބުރާންޗް އިސްނަގައިގެން ”ރީތި ސާފު ނަރުދޫ ” ގެ ނަމުގައި ކުރިއަށް ގެންދާ ޕޮރޮގްރާމްގެ ދަށުން އެރަށު އަންހެންވެރިން ނުކުމެ އެރަށުގެ  ގޮނޑުދަށްތައް ސާފު ކޮށްފިއެވެ. މި ހަރަކާތުގައި އަންހެން ވެރިންގެ އިތުރުން  ށ.ނަރުދޫ ސުކޫލު ގާލް ގައިޑް ދަރިވަރުންވެސް ވަނީ ބައިވެރި ވެފައެވެ. މިދިޔަމަހުގެ ފަހުކޮޅު ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކްވަނީ ހޮވާފައެވެ. މި ޕްރޮގުރާމަކީ ފެނަކަ ކޯޕްރޭޝަން އަދި މިލަންދޫ ދާއިރާގެ […]

Thiladhunmathi News

ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް

ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް ބާއްވައިފިއެވެ. ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކް ހޮވައިފިއެވެ. “ރީތި ސާފު ނަރުދޫ” ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ހޮވުމުގެ މުބާރާތެއް ފެނަކަ ނަރުދޫ ބްރާންޗުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. މި މުބާރާތުގައި 17 ޓީމަކުން ބައިވެރިވިއިރު ޖުމްލަ 35،191 ޕްލާސްޓިކު ކޮޅު ވަނީ ހޮވައިފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ދާއިރާގެ...

ށ.އަތޮޅުކައުންސިލާއި އެފްއޭއެމް ގުޅިގެން ބޭއްވި ފުޓްބޯލް ކޯޗިންގ ކޯސް ނިންމާލައިފި
Thiladhunmathi News

ށ.އަތޮޅުކައުންސިލާއި އެފްއޭއެމް ގުޅިގެން ބޭއްވި ފުޓްބޯލް ކޯޗިންގ ކޯސް ނިންމާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން މިމަހުގެ 12 އިން 22 އަށް ށ.ފުނަދޫގައި ކުރިޔަށްގެންދެވުނު “އޭ.އެފް.ސީ/އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯޗިންގ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ށ.އަތޮޅު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ރޭ 8:30ގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބުރައީސާ އަލްފާޟިލާ ޢާއިޝަތު ނާޒިމާއެވެ. ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން މި ޖަލްސާ ފައްޓަވައިދެއްވީ ކޯހުގ...

Thiladhunmathi News

ށ އަތޮޅުގައި އަޅާ ހައުސިން ޔުނިޓްތަކާއި ގުޅޭގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ށ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކާއި ގުޅޭ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ އަތޮޅު ކައުންސުލުން ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ އެ އަތޮޅު ކަނޑިތީމު، ގޮއިދޫ، ފޭދޫ، ބިލެތްފަހި، ފޯކައިދޫ، ނަރުދޫ، ޅައިމަގު އަދި ފުނަދޫ ކައުންސިލްގެ ރައީސުންނާއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ރަށްރަށަށް ބަހާލައިގެން ޖުމްލަ 20،000 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަސް ނިންމާ...