ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. އަތޮޅު ފުނަދޫއާއި މާއުނގޫދޫ އަދި ފޭދޫގައި ކަމަށެވެ. އެގޮތުން ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް އެރަށުގައި މަސްތު...