މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ފުވައްމުލަކަކީ ހާއްސަ ސިޓީއެއް: ރައީސް
މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާގައި ފުވައްމުލަކަކީ ހާއްސަ ސިޓީއެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ފުވައްމުލައް ސިޓީގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ސާލިހު ވަނީ މީގެ ކުރީގެ ސަރުކާރުކާރުތަކުން އެސިޓީގައި މަސައްކަތްތަކެއް ކުރަން ފެށިނަމަވެސް މިސަރުކާރު އައުމަށްފަހު ކުރިންކުރި އެތައްކަމެއް ދެވަނަ ފަހަރަށް ކުރަންޖެހުނުކަން ފާހަގަކުރައްވާފައެވެ. ސަ...