Skip to main content
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
''ދިވެހި ފުލުހުން ޤާބިލު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ވެސް އިތުބާރު އެބައޮތް''
Raajje

''ދިވެހި ފުލުހުން ޤާބިލު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ވެސް އިތުބާރު އެބައޮތް''

ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލްކަމާމެދު، ބައިނަލްއަޤުވާމީ މުޖުތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރޭގެ ވާހަކަފުޅުގައި ފުލުހުންނަކީ މުޖުތަމަޢުގެ އެއްބައިކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، ފުލުހުންނާ މެދު ރައްޔިތުން ކުރާ ވަރަށް ފޮނި އުންމީދުތަކެއް ހުންނަ ކަމަށެވެ. އެއީ...

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއިގުޅިގެން ހުޅުލޭގެ ފަޅާއި ބައެއް މަގުތައް ބަންދު
Raajje

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއިގުޅިގެން ހުޅުލޭގެ ފަޅާއި ބައެއް މަގުތައް ބަންދު

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ހުޅުލޭގެ ފަޅާއި މަގުތަކުގެ ރޫޓަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފި އެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ވިދާޅުވީ އެ ދަތުރުފުޅާއި ގުޅިގެން މާދަމާ 15 ޖަނަވަރީ، ހެނދުނު 9:00 އިން 11:00 އަށް އަދި 17 ޖަނަވަރީ – ހެނދުނު 7:30 އިން 8:30 އަށް ހުޅުލޭ ފަޅާއި މަގުތައް ބަންދުވާނެ ކަމަށެވެ. މި ވަގުތުތަކުގައި އެމްއޭސީއެލް ސްޓާފް ބަހާއި އެމްޓީސީސީ ބަސް ހުއްޓާނީ […]

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަރައްގީއަށް މަސައްކަތްކުރާނެ މީހުން ބިނާކުރުމަށް: ރައީސް
Raajje

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަރައްގީއަށް މަސައްކަތްކުރާނެ މީހުން ބިނާކުރުމަށް: ރައީސް

މި ސަރުކާރުން މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދެއްވީވެސް، އަދި ކުރިއަށް އޮތްތާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ވެސް ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާނެ ތަޢުލީމީ މީހުން ބިނާކުރުމަށްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް...

ދަތިކަން ކުރިމަތިވުމުން ނަޝީދުގެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ: ރައީސް
Raajje

ދަތިކަން ކުރިމަތިވުމުން ނަޝީދުގެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ: ރައީސް

2008 ވަނަ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖެއަށް އިގްތިސޯދީ ކާރިސާއެއް ކުރިމަތިވުމުން އެ ސަރުކާރުން ކަންކުރިގޮތާއި، މި ސަރުކާރުގައި ކޯވިޑްގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ތެރޭގައި މި ސަރުކާރުން ކަންކުރިގޮތާމެދު ވިސްނަންޖެހޭނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން މިއަދު އައ...

ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުމެއް ނުކުރައްވާނެ: މިޢުވާން
Raajje

ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުމެއް ނުކުރައްވާނެ: މިޢުވާން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ނުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، ސަރުކާރުގެ ވަސީލަތްތައް ބޭނުންފުޅު ކުރައްވާނީ ހަމައެކަނި ރަސްމީ ދަތުރުފުޅުތަކުގައި ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ ސަރުކާރާ ގުޅުންހުރ...

އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދިނުން: ރައީސް
Raajje

އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދިނުން: ރައީސް

މި ސަރުކާރުން އަތޮޅުތެރެ ތަރައްގީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއަށް ލުޔެއް ހޯދައިދީ، މާލޭގެ ރަށްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ މީހުންނަށް މިހާރަށްވުރެ ފަސޭހައިން އުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާ...

މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ، އެކަން ދެމެހެއްޓުމަށް ވޯޓު ދޭއިރު ސަމާލުވާންޖެހޭ: ރައީސް
Raajje

މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ، އެކަން ދެމެހެއްޓުމަށް ވޯޓު ދޭއިރު ސަމާލުވާންޖެހޭ: ރައީސް

މާލޭގެ މަގުތަކަށް އަމާންކަން ގެނެވިއްޖެ ކަމަށާއި، މި ސަރުކާރުން ކުރި އެފަދަ ކަންކަން ދެމެހެއްޓުމަށް ރިޔާސީ ޕްރައިމަރީގައި ވޯޓު ދޭއިރު ސަމާލުވާންޖެހޭކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހި ރައްޔިތުންގެ މޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެ ޕްރައިމަރީގެ ކެމްޕެންގެ ތެރެއިން ރައީސް މިރޭ ވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރަށްވާފައެވެ. އެ ބައްދަލުކޮށްލެވު...

އެއާޕޯޓްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް، ރައީސް ހަނިމާދޫއަށް ވަޑައިގަންނަވަނީ
Thiladhunmathi News

އެއާޕޯޓްގެ އަމަލީ މަސައްކަތް ފެއްޓެވުމަށް، ރައީސް ހަނިމާދޫއަށް ވަޑައިގަންނަވަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު އެ އެއާޕޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުއެވެ. އެ އެއާޕޯޓް ބޮޑުކުރުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވާތީ އެކަން ކުލަގަދަ ގޮތެއްގައި ފާހަގަ ކު...

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ދަރުބާރުގޭގައި
Raajje

ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއް މިރޭ ދަރުބާރުގޭގައި

މޯލްޑިިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ޖަލްސާއެއް ދަރުބާރުގޭގައި މިރޭ ބޭއްވުމަށް ނިންމައިފި އެވެ. މިއީ މާލޭ ސިޓީގެ މެންބަރުންނާއި ކެމްޕޭން ޓީމްތަކާ އެކު ބާއްވާ ޖަލްސާއެއް ކަމަށާއި މި ޖަލްސާ އޮންނާނީ މިރޭ 8:30 ދަރުބާރުގެ ފާށަނާ މާލަމުގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ސާލިހުގެ އިތުރުން […]

ރިޔާސީ އިންތިހާބު "އެއްބުރުން، ބޮޑުތަނުން" ކާމިޔާބުކުރާނަން: ރައީސް
Raajje

ރިޔާސީ އިންތިހާބު "އެއްބުރުން، ބޮޑުތަނުން" ކާމިޔާބުކުރާނަން: ރައީސް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، ނ. ވެލިދޫގައި މިރޭ ކުރިއަށްދިޔަ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ވާހަކަފުޅު ފައް...

އެމްޑީޕީއަށް ލިބިވަފައިވާ އަޣުލަބިއްޔަތު ބޭނުން ކުރަންވާނީ، ހުރިހާ ދިވެހިންނަށް ހިދުމަތް ކުރަން: ރައީސް
Raajje

އެމްޑީޕީއަށް ލިބިވަފައިވާ އަޣުލަބިއްޔަތު ބޭނުން ކުރަންވާނީ، ހުރިހާ ދިވެހިންނަށް ހިދުމަތް ކުރަން: ރައީސް

އެމްޑީޕީއަށް ލިބިވަފައިވާ އަޣުލަބިއްޔަތު ބޭނުން ކުރަންވާނީ ހުރިހާ ދިވެހިންނަށް ހިދުމަތް ކުރަން ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރިގައި ވާދަކުރައްވާ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ނ. ކެނިދުކުޅުދު އަށް ވަޑައިގެން އެ ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ. މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަނީ ހެނބަދު އަކީ ވަރަށް ކުޑަ ރަށެއް ކަމަށާއި […]

ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ، އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަލުން ދޫކުރަނީ
Raajje

ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ، އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަލުން ދޫކުރަނީ

ސަރުކާރަށް ނަގާފައިވާ ރ. އުފުލަންދޫ، އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އަލުން ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ އެކު އަލިފުށީގައި ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި، ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސް އަށް އަރުވާފައެވެ. އެ އަތޮޅު ކައުންސިލުން ފ...

އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ވަނީ ހަމަޖެހިފަ: ރައީސް
Raajje

އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ވަނީ ހަމަޖެހިފަ: ރައީސް

މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަލިފުށީ ކައުންސިލާއި އ.ތ.މ ކޮމިޓީ އާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި އަލިފުށި ކައުންސިލުން ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާ ކަމަށާއި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް އެރަށުގައި ހިނގަމުން...

ރައީސްގެ ދެކަނބަލުން އަލިފުށްޓަށް
Raajje

ރައީސްގެ ދެކަނބަލުން އަލިފުށްޓަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފައްޓަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ހާމަ ކުރަށްވައެވެ. ”މި...

ޕްރައިމަރީން ހޮވާ ކެންޑިޑޭޓު ވާންޖެހޭނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކަށް: ރައީސް
Raajje

ޕްރައިމަރީން ހޮވާ ކެންޑިޑޭޓު ވާންޖެހޭނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކަށް: ރައީސް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީން ހޮވާ ކެންޑިޑޭޓު ވާންޖެހޭނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، މިރޭ ކުރިއަށްދާ އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިޚާބަކާއި ކުރިމަތިލާއިރު ރާއްޖޭގެ މަޝްރަޙް އޮންނަ ގޮތް ބަލަންޖެހޭނެ ކަމަށެވެ ރައީސް ވިދާޅ...