އެއްވެސް މީހެއްގެ އަޅަކަށް ނުވާނަން، ބޮޑުތަނުން ކާމިޔާބު ކުރާނަން: ރައީސް ޞާލިޙް
އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށާއި، ބޮޑުތަނުން ޕްރައިމަރީއާއި ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރަށްވާނެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ކެންޑިޑޭޓެއްގެ ގޮތުން، މިރޭ ކުރިއަށްދާ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެޖަލްސާގައި ޕޯޑިއަމަށް ވަޑައިގެން ފުރަތަމަ...