''މަސްވެރިންނަށް ޖެނުއަރީން ފެށިގެން ކްރެޑިޓަށް އައިސް ލިބޭނެ، ދެ ހަފްތާ ތެރޭގައި ކްރެޑިޓަށް ތެޔޮ ލިބޭނެ''
ދިވެހި މަސްވެރިންނަށް އަންނަ ޖެނުއަރީ 1 އިން ފެށިގެން ކްރެޑިޓަށް އައިސް ލިބޭނެ އިންތިޒާމް ފެނަކައިން ހަމަޖައްސާނެކަމަށާއި، އަދި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސާނެ ކަމަށް ރައީސް ބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެ...