އޯއޭސީޕީއެސް އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމަށް ޝާހިދުގެ ޝުކުރު
އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް) އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޝުކުރު ދަންނަވައިފި އެވެ. އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ އޯ.އޭ.ސީ.ޕީ.އެސް. ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެން ދެއްވި ގައުމީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް ރާއްޖެ އާއި އޯ.އޭ.ސީ.ޕީ.އެސް. ގެ މެންބަރު އެހެން ގައުމުތައް އަބަދު ވެސް ގުޅިފައިވަނީ އެއް...