Skip to main content
Topic Archive

#މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް)

90 Stories filed
އިހަވަންދޫ ޑޮކްޔާޑް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

އިހަވަންދޫ ޑޮކްޔާޑް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑްކޮޔާޑް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ޑޮކްޔާޑް ތަރައްގީކުރުމަށް އިހަވަންދޫއިން އެއްލައްކަ އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާއިރު، ޑޮކްޔާޑުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮ...

ބަންކަރިން ޚިދުމަތަށް ތައްޔާރުކުރި ފެން ބާޖު ތިލަފުށި ޑޮކްޔާޑުން ބާލަައިފި
Thiladhunmathi News

ބަންކަރިން ޚިދުމަތަށް ތައްޔާރުކުރި ފެން ބާޖު ތިލަފުށި ޑޮކްޔާޑުން ބާލަައިފި

ވޯޓަރ ބަންކަރިންގ ޚިދުމަތަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ބަތް ފެން ބާޖު ތިލަފުށި ޑޮކްޔާޑުން މިއަދު ބާލަައިފިއެވެ. އެމްޕީއެލުން ބުނީ އެ ބާޖަކީ ޖުމްލަ 150 ޓަނުގެ ފެން ރައްކާކުރެވޭ ގާބިލުކަން ލިބިފައިވާ ބާޖެއް ކަމަށެވެ. އަދި މި ފެން ބާޖް ބޭނުންކުރާނީ އުތުރުގައި ވޯޓަރ ބަންކަރިން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ”މިއީ އުތުރުގައި މި ކުންފުނިން ފޯރުކޮށްދޭ މެރިޓައިމްގެ ޚިދުމަތަށް ލިބުނު އިތުރު ކުރިއެރުމެއް” އެމްޕީއެލުން ބުންޏެވެ. […]

ބަންކަރިން ޚިދުމަތަށް އަންނަ ބޯޓުތަކަށް ކުނި އުކައިދިނުމަށް ވެމްކޯއިން ހަވާލުވެއްޖެ
Business

ބަންކަރިން ޚިދުމަތަށް އަންނަ ބޯޓުތަކަށް ކުނި އުކައިދިނުމަށް ވެމްކޯއިން ހަވާލުވެއްޖެ

އިހަވަންދިއްޕޮޅުގައި ގާއިމުކޮށްފައިވާ ބަންކަރިންގެ ޚިދުމަތް ހޯދުމަށް އަންނަ އުޅަނދުތަކަށް ކުނި އުކާލަ ދިނުމުގެ ޚިދުމަތް ދިނުމަށް ވޭސްޓް މެނޭޖްމެންޓަ ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މި ޚިދުމަތް ދިނުމުގެ އެއްބަސްވުމުގައި ވެމްކޯއާއި އެކު ސޮއިކުރީ އިއްޔެއެވެ. މި އެއްބަސްވުން ގާއިމުކުރިކަން ހާމަކޮށް އެމްޕީއެލްއިން ބުނެފައި ވަނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ބޯޓުތަކުން ނަގާ ކުނި، މެނޭޖްކުރާނީ ވެމްކޯއިން ކަމަށެވެ.   ބަންކަރިން ޚިދުމަތް ދިނު...

އުލިގަމުގައި "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވައިފި
Thiladhunmathi News

އުލިގަމުގައި "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވައިފި

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތުގެ ތެރެއިން ހއ. އުލިގަމުގައި “ސީމަންސް ރެސްޓް އޭރިޔާ” ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނީ، އުލިގަމުގައި އިއްޔެ ހުޅުވި “ސީމަންސް ރެސްޓް އޭރިޔާ” އަކީ އުލިގަމުގައި އެ ކުންފުނިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ....

ޔޫއެމްއެސްގެ ޚިދުމަތް ހޯދުމަށް ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅުގައި
Thiladhunmathi News

ޔޫއެމްއެސްގެ ޚިދުމަތް ހޯދުމަށް ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅުގައި

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ. މި ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިކަން ސިފަކޮށްފައި ވަނީ މިއީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް ތާރީޙީ ދުވަހެއްގެ ގޮތުގައެވެ. ‏ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ “ޖިއަން ޖިއޭ” ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ. ބަންކަރިން ޚިދުމަތް ދިނުމަށް...

އެމްޕީއެލްގެ އެހީގައި އިހަވަންދޫ ކައުންސިލަށް ކެރޭނެއް
Thiladhunmathi News

އެމްޕީއެލްގެ އެހީގައި އިހަވަންދޫ ކައުންސިލަށް ކެރޭނެއް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފިއެވެ. މި ކެރޭން އިހަވަންދޫ ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. ކައުންސިލްގެ ފަރާތުން ކެރޭނާއި ހަވާލުވެލެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އެވެ. އިހަވަންދޫ ކައުންސިލްގެ އެދުމުގެ މަތީން އެމްޕީއެލް އިން ހަދިޔާކޮށްފައި ވަ...

އެމްޕީއެލް އިން އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަނީ
Thiladhunmathi News

އެމްޕީއެލް އިން އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިހަވަންދޫ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހުއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވަޖީހު ވިދާޅުވީ...

ތިލަދުންމައްޗަށް ތާރީޚީ ދުވަހެއް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ތިލަދުންމައްޗަށް ތާރީޚީ ދުވަހެއް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފަށައިފި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް މިއަދު ފަށައިފިއެވެ. އުތުރުގެ އިހަވަންދިއްޕޮޅުގައި ފެށި މި މަޝްރޫޢު އިފްތިތާޙްކުރުން އޮތީ މިއަދު ހަވީރު ހއ. ހޯރަފުށީގައެވެ. ހޯރަފުށީގައި ކުރިއަށްދާ ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ހއ. އަތޮޅަށް ނިސްބަތްވާ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ފަސް މަޖިލިސް މެންބަރުންނެވެ. މި ޚިދުމަތް އިފްތިތާޙްކުރުމާއެކު މި ޚިދުމަތާއިގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. Officially launched bunkering se...

އުތުރުގެ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް ލޯންޗްކޮށްފި
Thiladhunmathi News

އުތުރުގެ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް ލޯންޗްކޮށްފި

އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާގުޅޭ އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް އިއްޔެ ލޯންޗްކޮށްފި އެވެ. ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އުތުރުގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ދިނުމާގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެކު ސޮއިކުރީ މިދިޔަ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ. އިއްޔެ ލޯންޗް ކުރި މި ވެބްސައިޓަކީ އެމްޕީއެލުން ރާއްޖޭގެ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ހިދުމަތްތަކާ ގުޅ...

ވެމްކޯއިން އެމް.ޕީ.އެލްގެ "ޕޯޓް ރެސިޑަންސް"ގެ 3 ޓަވަރުގެ ފޮޅާ ސާފުކުރަން ހަވާލުވެއްޖެ
Business

ވެމްކޯއިން އެމް.ޕީ.އެލްގެ "ޕޯޓް ރެސިޑަންސް"ގެ 3 ޓަވަރުގެ ފޮޅާ ސާފުކުރަން ހަވާލުވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ “ޕޯޓް ރެސިޑަންސް”ގެ 3 ޓަވަރުގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ސީ.އީ.އޯ އަލީ ހާޝިމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ޝަހީދު އިބްރާހިމެވެ. ވެމްކޯއިން ފޯރުކޮށްދޭ ސާފުކުރުމުގެ ޚިދުމަތް “ހޮބާ...

ކުޅުދުއްފުށީގައި ބޯޓުޔާޑަކާއި ޑޮކްޔާޑެއް
Thiladhunmathi News

ކުޅުދުއްފުށީގައި ބޯޓުޔާޑަކާއި ޑޮކްޔާޑެއް

އުތުރުގެ ވިޔަފާރީގެ މައި ހަބު، ކުޅުދުއްފުށީ ސިޓީގައި ބޯޓުޔާޑެއް ގާއިމުކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށާއި، އަދި އެ ސިޓީގައި ޑޮކްޔާޑެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯޯ މުހައްމަދު ވަޖީހު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު” ޕްރޮގްރާމުގައި، ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުން ރައްޔިތުންނަށް މަންފާ ލިބޭ ގޮތް ހެދުމަށް ރައީސް ޑރ. މުޙައްމަދު...

އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

އުލިގަމު ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އިއުލާންކޮށްފިއެވެ. އެމްޕީއެލްއިން ބުދަ ދުވަހުކުރި އިއުލާނުގައި ބުނީ އުލިގަމުގައި މެރިނާ ޕްރޮޖެކްޓުގެ މަގުސަދަކީ ޒަމާނީ އުޅަނދު ބަނދަރުކުރުމާއި މެރީނާގައި ތިބެގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިގްތިސޯދީ ކުރިއެރުވުން ކަމަށް ބުންޏެވެ. މީގެ އިތުރުން އުލިގަމު މެރީނާ ޕްރޮޖެކްޓުގެ މަގްސަދަކީ ރާއްޖެއަކީ ޔޮޓްތަކަށް ޕްރިމިއަމް ޑެސް...

އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށަން ޕައިލެޓް ބޯޓާއި ޓަގް ބޯޓު ގެންގޮސްފި
Thiladhunmathi News

އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށަން ޕައިލެޓް ބޯޓާއި ޓަގް ބޯޓު ގެންގޮސްފި

އުތުރުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވަނީ ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފިއެވެ. އެމްޕީއެލުން މިކަން ހާމަކުރީ އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައެވެ. މި މަހު 20ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި، ބައިނަލްއަގުވާމީ ބަންކަރިންއަށް ވަންނައިރުގައި 300 އާއި 450 އާއި ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު އުތުރުން ދަތުރުކ...

އެމްޕީއެލްގެ ބޮންޑަށް އިންވެސްޓްކުރި މީހުންނަށް 3.5 މިލިއަން ރުފިޔާ
Business

އެމްޕީއެލްގެ ބޮންޑަށް އިންވެސްޓްކުރި މީހުންނަށް 3.5 މިލިއަން ރުފިޔާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ ބޮންޑަށް އިންވެސްޓުކުރި މީހުންނަށް ފުރަތަމަ ކޫޕަން ޕޭމަންޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ. މިއީ އެމްޕީއެލް އިން ކެޕިޓަލް މާކެޓުގައި އިޝޫކުރި ފުރަތަމަ ބޮންޑެވެ. މި ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޭޕަރިލް މަހުގެ 11 ވަނަ ދުވަހުއެވެ. މި ބޮންޑަށް ގިނަ ފަރާތްތަކުން އިންވެސްޓު ކުރި ކަމަށް އެމްޕީއެލުން ބުންޏެވެ. އެމްޕީއެލުން ބުނީ ބޮންޑްގެ ފުރަތަމަ ކޫޕަންގެ ޕޭމަންޓް އިންވެސްޓް ކުރި ފަރާތްތަކަށް ޖަމާކޮށްދީފައިވަނ...

އައްޑޫއަށް ދާއިމީ ގޮތެއްގައި ޕެރިޝަވަލް ކާގޯ ގެންދާގޮތް ހަދައިފި
Business

އައްޑޫއަށް ދާއިމީ ގޮތެއްގައި ޕެރިޝަވަލް ކާގޯ ގެންދާގޮތް ހަދައިފި

އައްޑޫ ސިޓީއަށް ޕެރިޝަބަލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ އިންތިޒާމުތައް އެމްޕީއެލް އާއި ހިތަދޫ ރީޖަނަލް ޕޯޓުން ހަމަޖައްސައިފިއެވެ. އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބަލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖެނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބު ކަމަށެވެ. އެގޮތުން، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ލިބެން ފަށާނެ ކަމަށް […]