Skip to main content
Topic Archive

#މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް)

90 Stories filed
ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު އެމްޕީއެލް މުވައްޒަފަކު ނިޔާވެއްޖެ
Raajje

ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު އެމްޕީއެލް މުވައްޒަފަކު ނިޔާވެއްޖެ

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކުނުގެ، އުމުރުން 30 އަހަރުގެ އަމީން ޢަބްދުލްހަމީދެވެ. ފުލުހުން ވިދާޅުވި ގޮތުގައި، އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:46 އެހައިކަންހާއިރުއެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ...

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި
Thiladhunmathi News

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ އުފުލުމުގެ ސީދާ ދަތުރުތައް ފަށައިފި

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށީ ސިޓީ އަށް މުދާ އުފުލުމުގެ ދަތުރުތައް ފަށައި، ފުރަތަމ މުދާ އުފުލާ ބޯޓު މިއަދު ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފިއެވެ. އެމްޕީއެލުން ބުނިގޮތުގައި މިއީ ކުޅުދުއްފުއްޓާއި ޓުޓިކޮރިންނާ ދެމެދު މަހަކު އެއްފަހަރު ދަތުރުކުރުމަށް ހަމަޖައްސާފައިވާ ސީދާ މުދާ އުފުލުމުގެ ޚިދުމަތް ފެށުންކަމަށެވެ. ”އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އައި ވީ.ބީ. ޕްރޮގްރެސް ނަމަކަށް ކިޔާ އާންމު މުދާ އުފުލާ ބޯޓު، 127 ޓަނުގެ މުދާއާއެކު ކުޅުދުއްފުށީ ބަނދަރަށް ލަފައިފި، މި މުދާގެ ތެރޭގައި […]

''ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބުމަކީ ހަމަހަމަކަމާއި އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ކަމެއް''
Raajje

''ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބުމަކީ ހަމަހަމަކަމާއި އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ކަމެއް''

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ލިބިގެންދިއުމަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވި، ދިވެހިންނަކީ ހަމަހަމަބައެއްކަން އަމަލީގޮތުން ސާބިތުކޮށްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެ އެކަމަނާ މިފަދައިން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) ގެ “ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން” ރަސްމީކޮށް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މެޑަމް ސާޖިދާ ފާހަގަކުރ...

''ކޮންޓެއިނަރުތައް ވަގަށްނެގީ އެއްގޮތް ދެ ކޮންޓެއިނަރު ބެހެއްޓުމަށްފަހު، ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކުރި''
Raajje

''ކޮންޓެއިނަރުތައް ވަގަށްނެގީ އެއްގޮތް ދެ ކޮންޓެއިނަރު ބެހެއްޓުމަށްފަހު، ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކުރި''

މިދިޔަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން މިހާތަނަށް ތަޙްޤީޤަށް ހޯދުނު ބައެއް މުހިންމު ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ހިއްސާކޮށްފިއެވެ. މިވައްކަން ހިންގާފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު، ކޮންޓެއިނަރުތަކާއި އުޅަނދުފަހަރުގެ މައުލޫމާތު ބަދަލުކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވާ ގޮތުނ...

ސިނގިރޭޓް ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދު، އިތުރު ބަޔަކު ހައްޔާރުކޮށްފި
Raajje

ސިނގިރޭޓް ވައްކަން: ދިގަލި ޝަރީޢަތް ނިމެންދެން ބަންދު، އިތުރު ބަޔަކު ހައްޔާރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ 24 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ޙައްޔަރުކުރި މީހުން މި މައްސަލައާ ގުޅިގެން ފަހުން ޙައްޔަރުކުރި ތިން މީހުންނަކީ، އަޙްމަދު ޝަހީމް (42އ) ނޫރަލީގެ / ހދ.ވައިކަރަދޫ، ޙުސައިން […]

ސިނގިރޭޓް ވައްކަން: ހަ ވަނަ މީހަކު ހައްޔަރުކޮށްފި
Raajje

ސިނގިރޭޓް ވައްކަން: ހަ ވަނަ މީހަކު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހަ ވަނަ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު އެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން އިތުރު މީހަކު މިއަދު (2025 އޮކްޓޯބަރ 23 ވަނަ ދުވަހުގެ) ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނިގޮތުގައި […]

ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ވަގަށް ނެގި ކޮންޓޭނަރުގެ ބައިތައް ހޯދައިފި
Raajje

ސިނގިރޭޓު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށް ވަގަށް ނެގި ކޮންޓޭނަރުގެ ބައިތައް ހޯދައިފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، 26 އެޕްރީލް 2025 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ 9 އޮކްޓޯބަރ 2025 ވަނަ ދުވަހު ފުލުހުންނަށް […]

ސިނގިރޭޓު ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރުމަށް ޢަމުރުކޮށްފި
Raajje

ސިނގިރޭޓު ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރުމަށް ޢަމުރުކޮށްފި

މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިވެހި ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ޢަމުރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ވެސް ހިމެނެއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ: – މއ.އެވަރގްލޯ...

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް އިފްތިފާހުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އައު ޚިދުމަތްތަކެއް އިފްތިފާހުކޮށްފި

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ކުޅުދުއްފުށީ ޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ގޮތުން، މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. ރައީސުލްޖުމްހޫރިއ...

ނޯތު ހާބަރުން އިތުރު ފީއެއް ނުނަގާނެ، މަސްދޯނިފަހަރަށް އިތުރު ޖާގަ ލިބޭނެ: އެމްޕީއެލް ސީ.އީ.އޯ
News

ނޯތު ހާބަރުން އިތުރު ފީއެއް ނުނަގާނެ، މަސްދޯނިފަހަރަށް އިތުރު ޖާގަ ލިބޭނެ: އެމްޕީއެލް ސީ.އީ.އޯ

އެމްޕީއެލްގެ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އެއްވެސް ފީއެއް ނެގުމަށް ނިންމާފައި ނުވާކަމަށް އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން މިއަދު ވިދާޅުވެއްޖެއެވެ. މާލޭގެ ނޯތު ހާބަރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމުގެ އެންމެހައި ކަންކަން އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށުމާ ގުޅިގެން، މަސްދޯނިފަހަރުން ވެސް ފީ ނަގާކަމުގެ އަޑުތައް ފެތުރިފައިވާތީ، އެކަން ސާފުކޮށްދެއްވުމަށް ސީއީއޯ ރިޝްވާން ވަނީ ޓްވިޓަރުގައި މަ...

ކުޅުދުއްފުށީ ޕޯޓް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ކުޅުދުއްފުށީ ޕޯޓް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީ ޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓް ފެށުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) މުޙައްމަދު ރިޝްވާން އެވެ. އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިންނާއި އެމްޕީއެލްއިން ނެރުނު...

މުޙައްމަދު ވަހީދު އެމްޕީއެލް ބޯޑަށް
Business

މުޙައްމަދު ވަހީދު އެމްޕީއެލް ބޯޑަށް

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ބޯޑަށް މުހައްމަދު ވަހީދު، ހއ. ފިއްލަދޫ، މަބުސްތާނު، މިއަދު ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނިގޮތުގައި މުހައްމަދު ވަހީދު ވަނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ޢައްޔަނުކޮށްފައެވެ. މުހައްމަދު ވަހީދު ކުރިން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ބޯޑުގައެވެ. ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް 6 އޭޕްރިލް 2...

ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި
Raajje

ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި

ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ނުވަތަ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދ.އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާއިން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރ...

އެމްޕީއެލްގެ އެމްޑީ އަކަށް ރިޝްވާން އައްޔަންކޮށްފި
Business

އެމްޕީއެލްގެ އެމްޑީ އަކަށް ރިޝްވާން އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު ރިޝްވާން މިއަދު އައްޔަންކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ހ، ހަބަރުގެ، މުހައްމަދު ރިޝްވާން ހަމަޖައްސާފައިވާ ކަމަށެވެ. ރިޝްވާނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ މައި ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކުރީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވާފައިވާ، ކުރީގައި ފުލުހުންގެ ތެރޭގައި ޚިދުމަތްކުރަށްވާފައިވާ ބޭފުޅެކެވެ. ފ...

އެމްޕީއެލްގެ އެމްޑީ ވަޖީހު ވަކިކޮށްފި
Business

އެމްޕީއެލްގެ އެމްޑީ ވަޖީހު ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް މިއަދު މަގާމުން ވަކިކޮށްފި އެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ވަޖީހު މިއަދު މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ވަޖީހު މަގާމުން ވަކޮކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަޙީމް ޢަބުދު ﷲ އާއި ސަރުކާރާމެދު ނުތަނަވަސްކަން އުފެދިފައިވާކަމަށް ބެލެވޭ...