ކަނޑިތީމުން 3000 އަކަފޫޓްގެ 45 ބަންޑާރަ ގޯތި ދޫކުރަނީ
ށ. ކަނޑިތީމުން 3000 އަކަފޫޓްގެ 45 (ސާޅީސް ފަހެއް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާއިން ޢާއްމުކޮށް ހުޅުވާލައިފި އެވެ. މިކަން އާންމުކޮށް މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާންކޮށްފަ އެވެ. އެއިޢުލާނުގައި ބުނެފައިވަނީ ފޯމު ދޫކުރުން 27 ޖޫން 2021ވާ އާދީއްތަ ދުވަހުން ފެށިގެން އެއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2...