ނޭކުރެންދޫގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް ފަށައިފި
ކްލަބް ސެނޯން އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ހދ. ނޭކުރެންދޫގައި ފުޓްސަލް އަދި ފުޓްބޯޅަ ރެފްރީ ކޯހެއް މިއަދު ފަށައިފިއެވެ. މި ކޯހުގައި އުތުރުގެ 4 އަތޮޅުން ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވާ ކަމަށް މިކޯސް އިންތިޒާމުކޮށްފައިވާ ކްލަބް ސެނޯންގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. ކޯހުގައި ކިޔަވައިދެއްވަނީ އެފްއޭއެމްގެ ތަޖުރިބާކާރު ރެފްރީން ކަމަށްވާ މުޙައްމަދު އަނީލް ޢަބްދުއްލަޠީފް އަދި އަޙްމަދު ޢަމީޒެވެ. ކޯސް ކުރިއަށްދާނީ މިމަހުގެ 24 އާ ހަމައަށެވެ. ކްލަބް ސެނޯންއަކީ...