ބީސާދަ ސްޕޯރޓްސް ފެސްޓިވަލް: މާޒިންސް އަދި ޑީސީ ސެމީއަށް
ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލްގައި ހޯމަދުވަހު ކުޅުނު މެޗުތަކުން މޮޅުވެ މާޒިންސް އެފްސީ އަދި ޑީސީ ފްރެޓާނިޓީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ. ގްރޫޕް އޭ ގައި ކުޅުނު ތިން މެޗުން ދެމެޗު ކާމިޔާބުކޮށް މާޒިންސް ސެމީގެ ޖާގައެއް ހޯދިއިރު، މި ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މިޔާދު ސެނޯން އަދި ސިވިކް ބައްދަލުކުރާ މެޗައްފަހުގައެވެ. މި މެޗު އެއްވަރު ކޮށްލައިގެންވެސް ސެނޯންއަށް ސެމީއަށް ދެވެން […]