މަކުނުދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމާއެކު މަކުނުދޫ ބެލެނިވެރިން ސްކޫލަށް ޑިޖިޓަލް ނޯޓިސް ބޯޑެއް
ހދ. މަކުނުދޫ ސްކޫލްގެ ބެލެނިވެރިން އިސްނެގުމާއެކު އެރަށު ސްކޫލަށް ޒަމާނީ ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފިއެވެ. މި ޑިޖިޓަލް ނޯޓިސް ބޯޑަކީ މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) މާލީ އެހީތެރިކަމާއެކު ހަދިޔާކޮށްފައިވާ ޑިޖިޓަލް ނޯޓިސް ބޯޑެކެވެ. މި ނޯޓިސް ބޯޑު ހަވާލުކުރުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، ސްކޫލްގެ އިސް ބެލެނިވެރިންނާއި އަދި ސްކޫލްގެ ޕްރިންސިޕަލާއި ސީނިއާ މެނޭޖް...