މަކުނުދޫގައި އެއާޕޯޓް ހަދަން ހިއްކާ ބިމުގެ މަސައްކަތް ނިމުމަކާއި ގާތަށް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި އެއާޕޯޓް ހަދަން ހިއްކާ ބިމުގެ 90 އިންސައްތައަށް ވުރެ ބޮޑުބައިގެ މަސައްކަތް ނިންމާލައިފިއެވެ. މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ބިގް ފިޝް މޯލްޑިވްސް އިންނެވެ. އެ ކުންފުންޏާއި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަހަރެއްތެރޭ ނިންމުމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ، މަސައްކަތު ސައިޓުގައި ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވި...