އަޒަރުބައިޖާނު ދަތުރަކާއެކު މަކުނުދޫ ކައުންސިލްގެ ވިޒިނަރީ އެމްޕްލޯއީ އެވޯޑް ޔާމީނަށް
ހދ. މަކުނުދޫ ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި “ސްޓާފް އެންޑް އެވޯޑް ނައިޓް 2026” ގައި، އެ ކައުންސިލްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ “ވިޒިނަރީ އެމްޕްލޯއީ އެވޯޑް 2025” އެސޯސިއޭޓް ކައުންސިލް އޮފިސަރ ޔާމީން އަބްދުލް ލަތީފް ހާސިލުކޮށްފިއެވެ. މަކުނުދޫ، ޕާލް، ޔާމީން އަބްދުލް ލަތީފަށް މި އެވޯޑާއެކު އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ހެޔޮއެދޭ ފަރާތަކުން ސްޕޮންސަރ ކޮށްފައިވާ އަޒަރުބައިޖާންގެ ދެކޮޅު ޓިކެޓާއި ފަސް ދުވަހުގެ ހުރުމުގެ ވައުޗަރެކެވެ. މި އެވޯޑަކީ ކައުންސިލްގެ މުވައްޒަ...