"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާއި އުތީމު ކައުންސިލުން ވެސް ދެކޮޅު
ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “ނަފުރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިމެދު ކަންބޮޑުވުން ފާޅުކޮށް، އެބިލާއި ދެކޮޅުކަމަށް ހއ. އުތީމު ކައުންސިލުން ބުނެފިއެވެ. އުތީމު ކައުންސިލުން މިހެން ބުނީ އުތީމުގެ ހުރިހާ ކައުންސިލަރުން ސޮއިކޮށް އިއްޔެ ނެރެފައިވާ ޤަރާރެއްގައެވެ. މި ޤަރާރުގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުންނަކީ ޒަމާނުންސުރެ މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ޞުލްޙަވެރި...