Skip to main content
Topic Archive

#Haa Alif Utheemu

275 Stories filed
އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް"
Thiladhunmathi News

އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް"

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެކި ދިވެހިންނާއި، ޖަމިއްޔާތަކުން ކުރަމުން އަންނަނީ އެކިއެކި ތަފާތު ކަންކަމެވެ. ޤައުމީ ދުވަހެއް ޤައުމެއްގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކިބައިގައި ޤައުމީ ރޫޙު އާލާކޮށް އެއްބައިވަންތަކަން ދިރުވުމެވެ. އެކިއެކި ފަރުދުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮށް އުޅެނީ، އެކިއެކި ކަންކަމެވެ. ޤައުމީ ލަވަ އާއި ޅެން ހެދުމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ކަމެކެވެ. ޤައުމީ ދުވަހުގެ ޖަލްސާތައް ބޭއްވުމާއި، ޤައުމަށްޓަކައި ޤުރުބާންވ...

އުތީމުން ދަނޑުބިން ދޫކުރި ގޭބިސީތަކަށް ލިޔުން ހަވާލުކޮށްފި
Thiladhunmathi News

އުތީމުން ދަނޑުބިން ދޫކުރި ގޭބިސީތަކަށް ލިޔުން ހަވާލުކޮށްފި

ހއ. އުތީމުން ދަނޑުވެރި ކަމަށް ބިން ހޯދުމަށް އެދުނު އެރަށުގެ ރައްޔިތުންނަށް ބިން ދޫކޮށް، ބިންތައް ހަވާލު ކުރި ކަމުގެ ވަގުތީ ލިޔުން ހަވާލު ކޮށްފިއެވެ. އުތީމު ކައުންސިލުން ބުނީ ދަނޑުވެރިކަން އެރަށުން ބިން ހޯދުމަށް އެދުނު އެރަށުގެ 44 ގޭބިސީއަކަށް ބިން ދޫކޮށްފައި ވާ ކަމަށެވެ. މިގޮތުން އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޭބިސީތަކަށް، އެ ގޭބިސީތަކަށް ބިން ދޫކުރި ކަމުގެ ވަގުތީ ލިޔުން ހަވާލުކުރުން އޮތީ އިއްޔެ އުތީމު ކައުންސިލްގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި […]

އުތުރު ސްޕޯޓްސް ކްލަބު: އުތީމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އައު ކްލަބެއް
Thiladhunmathi News

އުތުރު ސްޕޯޓްސް ކްލަބު: އުތީމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އައު ކްލަބެއް

ހއ. އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަށާއި، އުތީމުގެ ދުޅަހެޔޮކަމަށް ގުޅިގެން މަސައްކަތް ކުރުމަށް ”އުތުރު ސްޕޯޓްސް ކްލަބު”ގެ ނަމުގައި އައު ކްލަބެއް އުފަށްދައިފިއެވެ. ”އުތުރު ސްޕޯޓްސް ކްލަބު” ރަޖިސްޓަރީ ކޮށްފައި ވަނީ 6 އޮކްޓޫބަރ 2020 ގައި އެވެ. މިކްލަބް ރަޖިސްޓަރީ ކުރެވުނު އިރު މިކްލަބްގައި 58 މެންބަރުން ތިބިކަމަށް އެ ކްލަބްގެ ފުރަތަމަ ރައީސް އަޙްމަދު ޞަބާޙް ބުންޏެވެ. އުތީމު ”އުތުރު ސްޕޯޓްސް ކްލަބު”ގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން”އަށް ބުނީ އެ ކްލަބަކީ އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަ...

A special gift from Utheem United in their 7th anniversary to the mosque
Thiladhunmathi News

A special gift from Utheem United in their 7th anniversary to the mosque

Utheem United (UU) on behalf of their 7th anniversary, has gifted a special gift to the grand mosque in the island. The gift which was presented by UU was the walk way lights present in the mosque, outdoor lights along with water hoses needed for the garden...

އުތީމު ޔުނައިޓެޑްގެ 7 ވަނަ އަހަރީ ދުވަހު ބަންޑާރައިންގެ މިސްކިތަށް ހަދިޔާއެއް
Thiladhunmathi News

އުތީމު ޔުނައިޓެޑްގެ 7 ވަނަ އަހަރީ ދުވަހު ބަންޑާރައިންގެ މިސްކިތަށް ހަދިޔާއެއް

އުތީމު ޔުނައިޓެޑް (ޔޫޔޫ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމު ބަންޑާރައިންގެ މިސްކިތަށް ހަދިޔާއެއް ދީފި އެވެ. އެގޮތުން އުތީމު ޔުނައިޓެޑްއިން ވަނީ އުތީމު ބަންޑާރައިންގެ މިސްކިތުގެ ވޯކްވޭގެ ލައިޓާއި އައުޓްޑޯ ލައިޓް އަދި މިސްކިތުގެ ގަސްތަކަށް ފެންދިނުމަށް ފެންހޮޅި ހަދިޔާކޮށްފަ އެވެ. އުތީމު ޔުއިޓެޑްގެ 7 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މި ތަކެތި އުތީމު ކައުންސިލާއި ހަވާލުކޮށްފައިވަނީ މިއަދު އެވެ. އުތީމު ކައުންސިލުން ބުނީ އުތީމު ޔުނައިޓެޑްގެ މިއެހީތެރިކަން ފާހަގަ ކުރަނީ ޝުކުރުވެރިކަމާއި […]

އުތީމުގެ ގޮނޑުދޮށުން ވެލި ނުނެގުމަށް އެދިއްޖެ
Thiladhunmathi News

އުތީމުގެ ގޮނޑުދޮށުން ވެލި ނުނެގުމަށް އެދިއްޖެ

ހއ. އުތީމުގެ ތިމާވެށީގެ ރައްކާތެރިކަމަށާއި، އާންމު މަސްލަހަތަށްޓަކައި އެރަށު ގޮނޑުދޮށުން ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް އުތީމު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އުތީމު ގޮނޑު ދޮށުން ވެލި ނެގުން އެ ކައުންސިލް ވަނީ ކުރިއްސުރެ މަނާ ކޮށްފައެވެ. އުތީމު ކައުންސިލުން ބުނީ މިހާރަކަށް އައިސް އެ ރަށުގެ ގޮނޑު ދޮށުން ބައެއް ރައްޔިތުން ޤަވާޢިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. އެކަން މަނާކޮށް 9 ޑިސެމްބަރު 2019 ގައި އާންމުކޮށް އަންގާފައިވާ އެންގުމާއި […]

އުތީމު ރަޝާދު ޙުސައިން ގެ ހަނދާނުގައި ސްކޮލަޝިޕްއެއް ދެނީ
Thiladhunmathi News

އުތީމު ރަޝާދު ޙުސައިން ގެ ހަނދާނުގައި ސްކޮލަޝިޕްއެއް ދެނީ

ހއ.އުތީމުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އުތީމު ޔުނައިޓެޑްގެ ފަރާތުން، އުތީމުގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްޙޫމް ރަޝާދު ޙުސެއިން ހަނދާނުގައި ދެވޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. އުތީމު ޔުނައިޓެޑާއި އެމްއައި ކޮލެޖު ގުޅިގެން ހުޅުވައިލާފައިވާ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގުރާމް (ޔޫޕީޕީ) ފުރިހަމަ ކުރައްވާ ފަރާތްތަކަށް އެ ޕްރޮގުރާމް ނިންމާލުމަށްފަހު ތިން ދާއިރާއަކުން ޑިގްރީ ހާސިލް ކުރުމުގެ ފުރުޞަތު ތަނަވަސްވެ...

އުލިގަމާއި، އުތީމުގެ އައު އިންޖީނުގޭގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް
Thiladhunmathi News

އުލިގަމާއި، އުތީމުގެ އައު އިންޖީނުގޭގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް

ހއ. އުލިގަމު އަދި ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށް ފެނަކައިން ބުނެފިއެވެ. އެ ދެ ރަށުގައި ފެނަކައިން އައު އިންޖީނުގޭ އިމާރާތް ކުރުމުގެ މަޝްރޫޢު ހިންގަމުންދާއިރު ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ފެނަކައިން ބުންޏެވެ. މީގެ އިތުރުން ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ […]

Bodu Thakurufan Memorial Centre up for Renovations
Thiladhunmathi News

Bodu Thakurufan Memorial Centre up for Renovations

National Culture Protection centre has released an official statement for the renovation of Bodu Thakurufan Memorial Centre, H.A. Utheemu National Culture Protection Centre has released an advertisement for the renovations and intrested companies with legal r...

އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ
Thiladhunmathi News

އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

ހއ. އުތީމުގައި ވޮލީ ބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އުތީމުގައި މި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޭމްޕަކީ އުތީމު ކައުންސިލާއި، އުތީމު ޕޮލިސް ޑެސްކާއި އަދި އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ ވޮލީ ކޯޗިން ކޭމްޕެކެވެ. މި ކޯޗިން ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ 24 ސެޕްޓެމްބަރު 2020 އިން 3 އޮކްޓޯބަރު 2020 އަށެވެ. އަދި މިވޮލީ ކޯޗިން ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ […]

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިޢުލާން ކޮށްފި އެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންކުރި އިޢުލާންގައި ބުނެފައިވަނީ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާކަމަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 13 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ސަގާފީ ތަރިކަ ރައްކާތ...

ދާދިވަރުކޮށް އުތީމު ގަނޑުވަރު
Thiladhunmathi News

ދާދިވަރުކޮށް އުތީމު ގަނޑުވަރު

އަޅުގަނޑު އިނީ ގޭގެ ސޯފާގައެވެ. ފެންނަނީ ބޮޑުތަކުރުފާނު އަވަހާރަފުޅު ލެއްޕެވި އުނދޯލިދާންކޮޅެވެ. ނުހުޅުވޭ ދޮރުކޮޅެވެ. ބޮޑުތަކުރުފާނު ހަނގުރާމައިގައި ގެންގުޅުއްވި ބޮޑު ފޮށިކޮޅެވެ. އެ ބޭފުޅުން އެރުއްވި މަރަވަޅިކޮޅުތަކެވެ. ދަންޑަހެލުމެން ބޭފުޅުން ނިދިކުރެއްވި ކުޑައަށިކޮޅެވެ. މުޅިގެއަށް އަލިކޮށްލަދޭ ހަތްހުޅުކޮޅުލީ ވޮށްކޮޅެވެ. ބޭރުގެ މަންޒަރުތައް ކުލަކޮށް ފޯރުކޮށްދޭ އަޖައިބެއް ފަދަ ލޯވަޅެވެ. އާދެ! އެއީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ގެކޮޅެވެ. އުތީމު ގަނޑުވަރެވެ. ެައަޅުގަނޑަށް އެތައް ފަހަރަކު އެ...

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮންނަ "ލޭލާގައު"
Thiladhunmathi News

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އޮންނަ "ލޭލާގައު"

އުތީމަކީ ތާރީޚީ ރަށެކެވެ. ދިވެހިންގެ ޤައުމީ ބަޠަލް އުތީމު ބޮޑުތަކުރުފާނު އުފަންވެ ވަޑައިގެން އަދި ތުއްޕުޅު ދުވަސްވަރާ ޒުވާންދުވަސްވަރު ހޭދަކުރެއްވި އުތީމުގައި އެ ތަކުރުފާނާ ގުޅުންހުރި ތަފާތު އެތައް އާޘާރެއް ފެންނަން އެބަހުއްޓެވެ. ތާރީޚީ ފޮތްތަކުން އެނގެންހުރި މަޢުލޫމާތުގެ އަލީގައި އެނގި ކަށަވަރުވާ ބައެއް އާޘާރުތަކާއި، ދޫދޫ މަތިން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅުން ހުރި ބައެއް އާޘާރުވެސް އުތީމުގައި ފެންނަން އެބަހުއްޓެވެ. އެ ގޮތުން ބޮޑުތަކުރުފާނުގެ ވާހަކާގައި ލޭލާ ގަލުގެ ނަމުން މަޝްހޫރުވެފައި އޮތ...

އުތީމު ބަނދަރުގެ ހަޤީޤީ ފަސޭހަކަން ރައްޔިތުންނަށް އިހުސާސް ނުކުރެވޭ: ކައުންސިލް
Thiladhunmathi News

އުތީމު ބަނދަރުގެ ހަޤީޤީ ފަސޭހަކަން ރައްޔިތުންނަށް އިހުސާސް ނުކުރެވޭ: ކައުންސިލް

އުތީމަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ރަށުގައި ބަންދަރު ހެދުމުގެ އަމަލީ މަސައްކަތް ފެއްޓެވީ ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު އެ މަސައްކަތް ނިންމާލެވިފައި ނުވެއެވެ. ބަނދަރުގެ މަސައްކަތުގައި ބާކީހުރި ކަންކަން ނިންމައި އެތަން ބޭނުން ކުރަން ފެށިފައިވަނީ 2015 އަހަރުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ޒަޢާމަތުގައެވެ. އުތީމުގެ ބަނދަރަކީ 660 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ. އުތީމު ބަނދަރު ހަދަމުން […]

ލާދީނީ ރިޕޯޓްތައް ކުއްވެރިކޮށް އުތީމު ކައުންސިލުން ވަރުގަދަ ބަޔާނެއް ނެރެފި
Thiladhunmathi News

ލާދީނީ ރިޕޯޓްތައް ކުއްވެރިކޮށް އުތީމު ކައުންސިލުން ވަރުގަދަ ބަޔާނެއް ނެރެފި

އުތެމަ ޖަމްޢިއްޔާއިން ލިޔެ ޝާއިޢުކޮށްފައިވާ ރިޕޯޓުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ގޮވައިލާ ހއ.އުތީމު ކައުންސިލުން ބަޔާނެއް ނެރެފިއެވެ. އިސްލާމްދީނާ ޢަދާވާތްތެރިވުމުގެ މައްޗަށް، އެމް.ޑީ.އޭއިން ނެރިފައިވާ ރިޕޯޓަށް “އުތެމަ” އިން ތާއީދުކޮށް އެއް ދަޢުވާއެއް ކޮށްފައިވާތީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ހއ.އުތީމު ކައުންސިލް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާރކް (އެމް.ޑީ.އެން.) އިން “ޕްރެލިމިނަރީ އެސެސްމ...