Skip to main content
Topic Archive

#ހއ.މޮޅަދޫ

62 Stories filed
ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން
Thiladhunmathi News

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ...

މޮޅަދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި
Thiladhunmathi News

މޮޅަދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށް ފައި ވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ. މޮޅަދޫގެ އިތުރުން  ލ. މުންޑޫ އަދި މ. ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވެސް ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ މިއަދު ހަވާލުކުރިއެވެ. ތިން ރަށުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖުމްލަ 104،088،337 ރުފިޔާގެ […]

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ
Thiladhunmathi News

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ތުރާކުނު ކައުންސިލް އަދި ހދ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހދ. ނެއްލައިދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ
Thiladhunmathi News

މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ

ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ ދައްކާ މީހުން މިހާރު މިރަށުގައި ވަރަށް މަދެވެ. އެ ވާހަކަތައް ކުރިން ޤަބޫލުކުރަމުން އައި ގޮތަށް ޤަބޫލުކުރާ މީހަކު އަމުދުންނެތެވެ. ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ނަމުގައި ހަދާފައި ހުންނަ ޒިއާރަތެއް އަދިވެސް އެބަހުއްޓެވެ. ޒިއާރަތުގެ ދިދަ ދަނޑިވެސް ކޮޅަށް އެބަހުއްޓެވެ. އެއީ ވަރަށް ދިގު ދިދަ ދަނޑިއެކެވެ. ޒިއާރަތުގެ ފުރާޅުގައި ޖަހާފައިވަނީ އީޓެވެ. ގެގަޑަކީ އެހެނިހެން ގިނަ ޒިއާރަތްތަކެކޭ އެއްފަދައިން ލަކުޑިން ހަދާފައިވާ ގެގަޑެކެވެ. ޒިއާރަތުގެ ދޮރު ހުރީ […]

މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް
Thiladhunmathi News

މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް

ހއ.މޮޅަދޫގެ އެކިއެކި ތަންތަނުގެ ރީތިކަން ދައްކުވައިދިނުމުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނޑޫފަލުގެ ރީތިކަން ދައްކުވައިދިނުމުގެ ގޮތުން “މޮޅަދޫ ކަނޑޫފާ ފޮޓޯ ކޮންޓެސްޓް”ގެ ނަމުގައި ކޮންޓެސްޓެއް ފަށައިފިއެވެ. މޮޅަދޫ ކަނޑޫފަލުގައި ނޭޗަރ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިހާރު ފަށާފައިވާއިރު، މި ފޮޓޯ ކޮންޓެސްޓްގެ އެންމެ ބޮޑު މަޤުޞަދަކީ ކަނޑޫފަލުގައި ޕާކް ތަރައްޤީ ކުރުމުގެ ކުރިން އެތަން އޮތްގޮތުގ...

މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި
Thiladhunmathi News

މޮޅަދޫ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި

ހއ. މޮޅަދޫގައި ކުރިއަށް ދިޔަ ލަގްޒަރީ ފުޓްސެލް ލީގް 2020ގެ ޗެމްޕިއަންކަން ޗިލް ބްރޯސް ހޯދައިފި އެވެ. މި މުބާރާތަކީ މޮޅަދޫ ކައުންސިލް މެންބަރު އަޙްމަދު ރިފާއު އިންތިޒާމް ކޮށްގެން މި ހިނގާ އޯގަސްޓް 13 އިން 17 މޮޅަދޫގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބާރާތުގައި 4 ޓީމެއް ވާދަކޮށްފައި ވެއެވެ. އެ ޓީމު ތަކަކީ އެފް ސީ އޯޝަން، ވަޑި އެފް ސީ، އެފް ސީ ޕްރިޑޭޓާރސް އަދި ޗިލް ބްރޯސްއެވެ. މި މުބާރާތުގެ ވެމްޕިއަންކަން […]

އަނެއްކާވެސް މޮޅަދޫއަށް ތާރީޚީ ދުވަހެއް
Report

އަނެއްކާވެސް މޮޅަދޫއަށް ތާރީޚީ ދުވަހެއް

ހއ. މޮޅަދޫގެ ރައްޔިތުން އެކި ބޭނުންތަކުގައި ފެރީގައި ދަތުރުކުރުކަށް އުފުލަމުން އައި ތަކުލީފަކީ އެ ތަކުލީފު އުފުލަން ނުޖެހޭ މީހަކަށް އިހުސާސްވެސް ކޮށްނުލެވޭނެ އުނދަގޫ، ދަތި ތަކުލީފެކެވެ. މޮޅަދޫއަށް ދަތުރުކުރާ ފެރީ މީގެ 3 އަހަރު ކުރިން ކައިރި ކުރަމުން ދިޔައީ ރަށުގެ ރައްޔިތުން އަރާ ފޭބުމަށް ހަދާފައި އޮންނަ ފާލަމަށެވެ. އެ ރަށަކީ، ބަނދެއްރެއް ހެދިފައި ނެތުމުން ރަށަށް އަރާ ފޭބުމުގައި ރައްޔިތުން އެތައް އުނދަގުލަކާއި، ދަތިކަމެއް ތަހައްމަލު ކުރަމުން އަންނަ ރައްޔިތެއް ދިރިއުޅެމުން އަންނަ […]

މިއަދަކީ މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް: އެމްޕީ ޝިފާއު
Thiladhunmathi News

މިއަދަކީ މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް: އެމްޕީ ޝިފާއު

މިއަދަކީ ހއ. މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް ކަމަށް މޮޅަދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިމޭރުމުން ވިދާޅުވީ ޒަމާނުއްސުރެ މޮޅަދޫ ރައްޔިތުން ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހި، މިއަދަކީ އެރަށު ފަޅަށް ފުރަތަމަ ފަހަރަށް ދޯންޏެއްވަދެ މުދާ ހުސްކުރި ދުވަހަށް ވުމުންނެވެ. މޮޅަދޫގައި ފަޅުކޮންނަމުން ދަނީ ސަރުކާރުން އެ ރަށުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މީގެ ކުރިން މޮޅަދޫއަށް މުދާ ބޭލުމަށާއި،...

މޮޅަދޫ ޒުވާނުން މިއަދު ނުކުތީ ރުއް އިންދަން
Thiladhunmathi News

މޮޅަދޫ ޒުވާނުން މިއަދު ނުކުތީ ރުއް އިންދަން

ހއ. މޮޅަދޫ ޒުވާނުން އިސްނަނަގައިގެން އެރަށުގައި ރުއް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި މިއަދު ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތަށް ވާގިވެރިވެ، ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެރަށުގެ ހަރު މީހުންވެސް އެމަސައްކަތުގައި ވަނީ ބައިވެރިވެފައެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދު އެރަށުގައި ޒުވާނުން އިސްނަނަގައިގެން ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގައި އެރަށުގެ ގިނަ ޢަދަދެއް...

މުޅި ރާއްޖެ ބިރުގަންނުވާލި ފައިފަލަ ބައްޔާ އެކު "ބަރާސިލު" އަވަށުގައި 7 އަހަރު
Thiladhunmathi News

މުޅި ރާއްޖެ ބިރުގަންނުވާލި ފައިފަލަ ބައްޔާ އެކު "ބަރާސިލު" އަވަށުގައި 7 އަހަރު

ރާއްޖެއަށް ދިމާވި ތަފާތު އެކި އެކި ބަލިމަޑުތަކުގައި މީހުން ކަރަންޓީނުކުރަމުން އައީ މީހުން ދިރިއުޅޭ ރަށްރަށުގައި މީހުން އުޅޭ ހިސާބާއި މާދުރުގައި ވަކިންނެވެ. ބަޔެއް ރަށްރަށުގެ ވަލުތެރޭގައި ފެންވަޅުތައް ހަދާފައި ހުރެއެވެ. ދުވަސް ވީ މީހުންގެ ވާހަކަ ތަކުން އިނގޭގޮތުގައި މިއީ އެދުވަސް ވަރު ތަފާތު އެކި ބަލި ތަކުގައި ކަރަންޓީނު ކުރާމީހުން ބޭނުންކުރުމަށް ހަދާފައިވާ ވަޅުތަކެކެވެ. މިފަދަ ވަޅުތައް ހުރި ހިސާބުތަކަށް ބަޔެއްރަށްރަށުގައި “ބަރާސިލު” އަވަށޭ ކިޔާ އުޅެއެވެ. ރާއްޖޭގެ ގިނަ ރަށް ރަށުގައި “ބަރާސިލު” […...

އުތީމު, މޮޅަދޫ އަދި ނައިވާދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

އުތީމު, މޮޅަދޫ އަދި ނައިވާދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުޞޫލުން 18 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެ 18 ރަށުގެ ތެރޭގައި ހއ އަތޮޅުން ހިމެނެނީ ހއ. އުތީމާއި ހއ މޮޅަދޫއެވެ. ހދ އަތޮޅުން ހދ ނައިވާދޫ ވަނީ ލިސްޓުގައި ހިމެނިފައެވެ. މި ތިންރަށުގެ އިތުރުން ގއ.ކޮނޑޭ، ގދ.ރަތަފަންދޫ، ލ.މުންޑޫ، […]

ހއ. މޮޅަދޫން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފި
Thiladhunmathi News

ހއ. މޮޅަދޫން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފި

ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް ޢާންމުކޮށްފި އެވެ. 17 ޑިސެންބަރު 2019 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އިދާރާގެ ނަމްބަރު 246/246/2019/62 އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ...

މޮޅަދޫ ބަނދަރުގެ މަޝްރޫޢު ފައްޓަވައިދެއްވައި ފުޓްސަލް ދަނޑުހުޅުވައިފި
Thiladhunmathi News

މޮޅަދޫ ބަނދަރުގެ މަޝްރޫޢު ފައްޓަވައިދެއްވައި ފުޓްސަލް ދަނޑުހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ހއ. މޮޅަދޫއަށް މިއަދު ޒިޔާރަތްކުރައްވައި އެރަށު ބަނދަރުގެ މަޝްރޫޢު ފައްޓަވައިދެއްވައި ފުޓްސަލް ދަނޑުހުޅުވައިފިއެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި މޮޅަދޫއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮޅަދޫއަށް ވަޑައިގެން ވަނީ އެރަށު ފުޓްސަލް ދަނޑުހުޅުއްވައިދެއްވ...

ނައިބު ރައީސް ތިލަދުންމަތީގެ ތިން ރަށަކަށް
Raajje

ނައިބު ރައީސް ތިލަދުންމަތީގެ ތިން ރަށަކަށް

ނައިބު ރައީސް ފައިސަލް ނަސީމް ތިލަދުންމަތީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފައްޓަވައިފިއެވެ. އެމަނިކުފަނުގެ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ހއ. މޮޅަދޫ އަށެވެ. މި ދަތުރުފުޅުގައި ނައިބުރައީސް ވަނީ އެރަށުގެ ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވައި ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން މޮޅަދޫ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅުގައި...

ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މޮޅަދޫގައި ހިންގައިފި
Thiladhunmathi News

ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މޮޅަދޫގައި ހިންގައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހއ މޮޅަދޫ ސްކޫލްގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިން މޮޅަދޫ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 90 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއްވައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ދަތުރަކަށް ފަށާއިރު އަޅަންޖެހީ ރައ...