Skip to main content
Topic Archive

#ހއ.މޮޅަދޫ

62 Stories filed
މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ
Thiladhunmathi News

މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ

މޮޅަދޫގައި މިފަހަރު ޢީދު ފޯރި މާ ގަދަވާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާދު ވިދާޅުވީ އެހެން އަހަރު ތަކާ ޚިލާފަށް މިއަހަރުގެ ޢީދު ފޯރި މޮޅަދޫގައި މާ ގަދަވާނެ ކަމަށެވެ. އެގޮތުން ޢީދުގެ ފޯރި ގަދަ ކުރުމަށް ކުރިޔަށް ގެންދާ ޢީދު ކާނިވަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކިއެކި ހަރަކާތްތައް އަމިއްލަގޮތުން ކުރިއަށް ގެންދިއުމަށް އަގު ހުށަހެޅުއްވި ފަރާތްތަކާއިއެކު މިހާރު އެއްބަސްވުމުގައި ސޮއި ކުރެވިފައި ވާކަމަށް...

ތިން ސަތޭކަ އަހަރުވީ ތަކުލީފަށް މޮޅަދޫން އަލްވަދާޢު ކިޔައިފި
Thiladhunmathi News

ތިން ސަތޭކަ އަހަރުވީ ތަކުލީފަށް މޮޅަދޫން އަލްވަދާޢު ކިޔައިފި

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫއަކީ ހއ. އަތޮޅުގެ ބިންބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ޤުދުރަތީގޮތުން އިހަވަންދިއްޕޮޅު އަތޮޅުގެ ރަށެކެވެ. ދިވެހިރާއްޖޭގެ އެންމެ އުތުރުން މީހުން އާބާދުވެފައިވާ ރަށްތަކަށް ބަލާނަމަ، ތިންވަނައަށް މީހުން ދިރިއުޅޭ ރަށެވެ. އެންމެ ކައިރީގައި އޮންނަނީ މޮޅަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއްކަމަށްވާ ގާމަތިކުޅުދޫއެވެ. މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން މޮޅަދޫއާއި އެންމެ ކައިރީގައިވަނީ މޮޅަދޫގެ އުތުރުން ހއ. އުލިގަމެވެ. އަދި ހުޅަނގު ދެކުނުން ހއ. އިހަވަންދޫ އެވެ....

މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި

‏ހއ. މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، 4،779،049.14 ރުފިޔާއަށް، 118 ދުވަސް ތެރޭ ނިންމާގޮތަށެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. މޮޅަދޫ ސްކ...

މޮޅަދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

މޮޅަދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “މޮޅަދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންގެ ކުޅިވަރާއި ހުނަރު ތަރައްޤީކޮށް އަދި ކުޅިވަރާއި ހުނަރުގެ ތެރެއިން ދުޅަހެޔޮ ޖީލެއް ބިނާ ކުރުމެވެ. މީގެ އިތުރުން ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މޮޅަދޫގެ ޒުވާނުންނަށް (ފިރިހެ...

"ކައުންސިލް ރޯދަ ކުއިޒް 1443" ގެ ނަމުގައި މޮޅަދޫ ކައުންސިލުން ދީނީ ސުވާލު މުބާރާތެއް
Thiladhunmathi News

"ކައުންސިލް ރޯދަ ކުއިޒް 1443" ގެ ނަމުގައި މޮޅަދޫ ކައުންސިލުން ދީނީ ސުވާލު މުބާރާތެއް

ހއ. މޮޅަދޫގެ އާބާދީއަށް ދީނީ މަޢުލޫމާތު ލިބިފައިވާ މިންވަރު ވަޒަން ކުރުމަށާއި، ދީނީ މަޢުލޫމާތު ހޯދުމަށް ބާރު އެޅުމުގެ ގޮތުން “މޮޅަދޫ ކައުންސިލް ރޯދަ ކުއިޒް 1443” ގެ ނަމުގައި ކުއިޒެއް ބޭއްވުމަށް އެ ރަށު ކުއުންސިލުން ނިންމައިފިއެވެ. މި ކުއިޒް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަހުގެ 9 ވަނަ ދުވަހުން ފެށިއިގެން ރަމަޟާން މަހުގެ ނިޔަލަށް އެ ކައުންސިލްގެ ފޭސްބުކް ޕޭޖާއި ކައުންސިލްގެ ރަސްމީ ވައިބަރ ގުރޫޕް މެދުވެރިކޮށް އޮންލައިންކޮށެވެ. ކަނޑައެޅިފައިވާ މުއްދަތުގެ […]

މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފި
Thiladhunmathi News

މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފި

ހއ. މޮޅަދޫގައި ގާއިމުކުރި އައުޓްޑޯ ޖިމް ހުޅުވައި ބޭނުންކުރަންފަށައިފިއެވެ. މި ޖިމް ހުޅުއްވައި ދެއްވީ އެކަމަށްޓަކައި މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ މޮޅަދޫ ބްރާންޗްގެ މެނޭޖަރު މުޙައްމަދު މޫސާއެވެ. މި އައުޓްޑޯ ޖިމަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ އެހީތެރިކަމާއި އެކު މޮޅަދޫ ކައުންސިލުން ތަރައްޤީކުރި ތަނެކެވެ. މޮޅަދޫ ކައުންސިލުން ވިދާޅުވީ، މި ޖިމްގެ މަސައްކަތް ނިމި ހުކުރު ދުވަހު ރަސްމީކޮށް ހުޅުވުމާއެކު، އެ ދުވަހުން ފެށިގެން ޖިމް ބޭނުންކުރަނ...

މޮޅަދޫ އަންހެނުންގެ ކޮމިޓީއިން އަހަރު ނިންމާލީ ކާމިޔާބު ހަރަކާތްތަކެއް ހިންގުމަށްފަހު!
Thiladhunmathi News

މޮޅަދޫ އަންހެނުންގެ ކޮމިޓީއިން އަހަރު ނިންމާލީ ކާމިޔާބު ހަރަކާތްތަކެއް ހިންގުމަށްފަހު!

ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން މިދިޔަ 2021 ވަނަ އަހަރު ހިންގާފައިވާ ގިނަ ހަރާކާތްތައް ކާމިޔާބު ކަމަށް އެ ކޮމެޓީން އާންމުކުރި “ފާއިތުވެ ދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލް ކުރެވުނު މިންވަރާގުޅޭ ރިޕޯޓް 2021” ގައި ބުނެފިއެވެ. އެގޮތުން އެރިޕޯޓްގައި އެކޮމިޓީއިން ވަނީ ފާއިތުވެދިޔަ އަހަރުގެ އެކޮމީޓީއިން ކުރިއަށް ގެންގޮސްފައިވާ 5 ހަރަކާތުގެ ތެރެއިން 3 ހަރަކާތަކުން 100 ޕަސެންޓް ކާމިޔާބު ކަމާއިއެކު ލަނޑުދަނޑި ހާސިލްވެފައިވާ ކަން ފާހަގަކޮށްފައެވެ. އެ ހ...

މޮޅަދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
Thiladhunmathi News

މޮޅަދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ހއ. މޮޅަދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަަހަށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މޮޅަދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އެފަރާތްތަކުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް މޮޅަދޫ ކައުންސިލް އިދާރާއަަށް ހުށައަަޅަން ޖެހޭނެއެވެ. މީގެ އިތުރުން މިމަސައްކަތާއި ގުޅޭ ގޮތުން އިތުރ...

މޮޅަދޫ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

މޮޅަދޫ މިސްކިތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި

ހއ. މޮޅަދޫގައި ހުންނަ ހަމައެކަނި މިސްކިތްކަމަށްވާ މަސްޖިދުއްނޫރުގައި ކުރަންހުރި މަސައްކަތްތަކަށް އެހީތެރިކަން ފޯރު ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މޮޅަދޫ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން 20 ޖަނަވަރީ 2022 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށު މަސްޖިދުއްނޫރުގެ ސައުންޑް ރަނގަޅުކޮށް، މިސްކިތާ މިސްކިތުގެ ގޯތިތެރެ ޒީނަތްތެރި ކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ނުވަތަ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަ...

މޮޅަދޫ ދެކުނުގައި "ވަދުމަސްކަނދެއް" އަޅައިފި
Thiladhunmathi News

މޮޅަދޫ ދެކުނުގައި "ވަދުމަސްކަނދެއް" އަޅައިފި

ހއ. މޮޅަދޫ ދެކުނުގައި “ވަދުމަސްކަނދެއް” އިއްޔެ އަޅައިފިއެވެ. މަސްވެރިކަމާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވަޒީރު، ޑރ. ހުސައިން ރަޝީދު ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅީ، އަޑިއަށް ފެތުނު ކަނދުގެ ބަދަލުގައި، އައު “ވަދުމަސްކަނދެއް” މޮޅަދޫގެ 1.5 މޭލު ދެކުނު ސަރަހައްދެއްގައި ފިޝަރީޒް މިނިސްޓްރީގެ ކަނދުފަތިޓީމުން އިއްޔެ ހަވީރު އަޅާފައިވާ ކަމަޑެވެ. މިކަނދުގައި ދަތުރުފަތުރު ކުރުމުގެ ސަލާމަތައްޓަކައި ލައިޓެއްވެސް ވަނީ ހަރުކޮށްފައި ކަމަށް މިނިސްޓަރު ޑރ. ހުސެން ވ...

މޮޅަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

މޮޅަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރަނީ

ހއ. މޮޅަދޫ ކައުންސިލްގެ އެސެޓްތަކުގެ ތެރޭގައި ހިމެނޭ ރުއްގަނޑުތަކާއި މާކަށިކެޔޮ ގަސްތައް ދެއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިގޮތުން މޮޅަދޫން ވަރުވާއަށް ދޫކުރުމަށް ނިންމާފައިވާ ރުއްގަސްތަކަކީ، އެރަށުގެ ވަލުތެރޭގެ އެކި ސަރަހައްދުތަކުގައި ހުރި ރައްޔިތުންގެ މާކަށިކެޔޮ ގަސްތަކަކާއި، މޮޅަދޫ އަމީނީމަގު އުތުރުކޮޅު ދެފަރާތު ރުއްގަނޑާއި އަދި މޮޅަދޫ ފާލަންމަގު ދެފަރާތު ރުއްގަނޑެވެ. މީގެއިތުރުން މޮޅަދޫ ތައްނުޖަހާ ކުޑަރުއްގަނޑާއި، މޮޅަދޫ ޒިޔާރަތު ރުއްގަނޑާއި، މޮ...

މޮޅަދޫއަށް ލައްވި މަސްބޯޓުގެ ނީލަން ފެށޭއަގު ކުޑަކޮށް އަލުން ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

މޮޅަދޫއަށް ލައްވި މަސްބޯޓުގެ ނީލަން ފެށޭއަގު ކުޑަކޮށް އަލުން ފުރުސަތު ހުޅުވާލައިފި

2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ހއ. މޮޅަދޫ އިރު އުތުރު ފަޅުތެރެއަށް ލައްވި މަސްބޯޓެއް ނީލަމުގައި ވިއްކާލުމަށް އެރަށު ކައުންސިލުން ކުރިން ކުރި އިއުލާނެއް އެދެވޭ ތަރުހީބެއް ނުލިބުމުން ނީލަން ފެށޭއަގު ކުޑަކޮށް އަލުން އެ ބޯޓު ވިއްކާލުމަށް ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަސްބޯޓުގައި ގާތްގަނޑަކަށް 25 ފޫޓު ދިގުމިން ހުންނާނެކަމަށާއި މަސްބޯޓު ލައްވި އިރު ބޯޓު އޮތީ ބަންޑުންކަމަށްވެސް މޮޅަދޫ އެކައުންސިލުން ބުނެއެވެ. މީގެ ކުރިން ނީލަމުގައި […]

ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި
Thiladhunmathi News

ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި

ލިޔެލާޖެހުމުގެ މަސައްކަތޭ ބުނެފިނަމަ އެންމެން ވެސް ޚިޔާލުގޮސް ހުއްޓޭނީ ބ. ތުޅާދޫއަށެވެ. ސަބަބަކީ ރާއްޖޭގައި ލިޔެލާޖެހުމުގެ ފަންނުގައި އެންމެ ކުރީގައި ތިބި ބަޔަކީ އެއީ ކަމަށްވާތީއެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބަޔަކީވެސް އެއީއެވެ. ނަމަވެސް މިފަހަރު ތި ބޭފުޅުގެންގެ ކުރިމައްޗަށް މި ހުށަހަޅާލަނީ ލިޔެލާޖެހުމުގެ މަސައްކަތް ދަންނަ އަދި އެ މަސައްކަތް ކުރަމުން އަންނަ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ޕެންޒީމާގެ މުޙައްމަދު މޫސާގެ ވާހަކައިން ތަންކޮޅެކެވެ. އުމުރުން މިހާރު ފަންސާހުގ...

މޮޅަދޫއަށް ލައްވެފައިވާ 25 ފޫޓުގެ މަސްބޯޓެއް ނީލަން ކިޔަނީ 
Thiladhunmathi News

މޮޅަދޫއަށް ލައްވެފައިވާ 25 ފޫޓުގެ މަސްބޯޓެއް ނީލަން ކިޔަނީ 

ހއ. މޮޅަދޫއަށް ލައްވެފައިވާ މަސްބޯޓެއް ނީލަން ކިޔަން މޮޅަދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ 22 ފެބުރުވަރީ 2020 ވަނަ ދުވަހު އެރަށު އިރު އުތުރު ފަޅުތެރެއަށް ލައްވެފައިވާ މަސްބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވާކަމަށެވެ. މި މަސްބޯޓުގައި ގާތްގަނޑަކަށް 25 ފޫޓު ދިގުމިން ހުންނާނެކަމަށާއި މަސްބޯޓު ލައްވި އިރު ބޯޓު އޮތީ ބަންޑުންކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ. އެކައުންސިލް ގެ އިޢުލާނުގައި ބުނެފައިވަނީ، ނީލަންފެށޭ އަގަކީ...

މޮޅަދޫން 2 ބިދޭސިއަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

މޮޅަދޫން 2 ބިދޭސިއަކު ޕޮޒިޓިވްވެއްޖެ

ހއ. މޮޅަދޫ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، މޮޅަދޫން ޕޮޒިޓިވްވި 2 ބިދޭސިންނަކީ، އެރަށުގެ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތްކުރަން އެރަށަށް ގޮސް، ހޯމް ކަރަންޓީނުގައި ތިބި 15 ބިދޭސީންގެ ތެރެއިން 2 މީހުންކަމަށެވެ. ”އެ 15 ބިދޭސީން ވެސް ތިބީ ކަރަންޓީނުގައި، ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން 2 މީހުން މި...