Skip to main content
Topic Archive

#Haa Alif Hoarafushi

421 Stories filed
ހޯރަފުށީގައި ތަޢުލަޤް ދީނީ ސުވާލު މުބާރާތެއް
Thiladhunmathi News

ހޯރަފުށީގައި ތަޢުލަޤް ދީނީ ސުވާލު މުބާރާތެއް

ހއ. ހޯރަފުށީގައި “ތަޢުލަޤް ދީނީ ސުވާލު މުބާރާތް 2025” ފަށައިފިއެވެ. އޭޕްރީލް 20 އިން 24 އަށް ކުރިއަށް ގެންދާ މި މުބާރާތަކީ ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން 60 އަށް ވުރެއް ގިނަ ދަރިވަރުން މިއަހަރު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ މަގުސަދަކީ، އިސްލާމީ ތަރުބިއްޔަތު އެނގިތިބި، ދީނީ ކަންކަމަށް ފަރުވާތެރިވެ، މައިންބަފައިންދެކެ ލޯބިވާ، އަދި […]

ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި
Thiladhunmathi News

ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހެދުމުގެ ތުހުމަތުގައި ވ. ކެޔޮދޫ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނ...

އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕަށް ހޯރަފުށީ ކައުންސިލާއި ޑަބްލިޔުޑީސީން 40،000 ރުފިޔާ
Thiladhunmathi News

އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕަށް ހޯރަފުށީ ކައުންސިލާއި ޑަބްލިޔުޑީސީން 40،000 ރުފިޔާ

ހއ. އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕްއަށް ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ހޯރަފުށީ ކައުންސިލުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ހޯރަފުށީ އަންހެނުންގެ ކޮމެޓީން އެ ކޮމެޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމެޓީއާއި ހޯރަފުށީ ކައުންސިލުން އެރަށުގައި ހުންނަ އަތޮޅު މަދަރުސާއިން ބާއްވަން ނިންމާފައިވާ ސްޓަޑީ ކޭމްޕަށް 40000 ރުފިޔާގެ އެހީއެއް ދީފައިވާ ކަމަށެވެ. ދަރިވަރުންގެ އިމްތިހާން ތަކުގެ ނަތިޖާ ރަނގަޅު ކުރުމަށްޓަކައި މީގެ ކުރިންވެސް ހޯރަފުށި ކަ...

ހިޔާ އަލިނޫރު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Thiladhunmathi News

ހިޔާ އަލިނޫރު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހޯރަފުށި އިންޓެގްރޭޓެޑް ޔޫތު އެޑްވާންސްމެންޓް އެސޯސިއޭޝަން (ހިޔާ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ހިޔާ އަލިނޫރު ޤުރުއާން މުބާރާތް 1446” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ދަރިވަރުންނަށެވެ. މިގޮތުން ޖާގަތައް ދިނުމަށް ހަމަޖެހިފައވަނީ ހޯރަފުއްޓަށް 40 ޖާގަ، ތުރާކުނަށް 10 ޖާގަ އަދި އުލިގަމަށް 10 ޖާގައެވެ. މުބާރާތުގައި ހިމެނެނީ ހަތަރު...

ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެ: ރައީސް
Raajje

ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެ: ރައީސް

މިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހއ. ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަންޒިލެއްގެ ގޮތުގައި ރޭ ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ހޯރަފުށީ...

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި
Raajje

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

ހއ. ހޯރަފުއްޓަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ޅ. ހިންނަވަރު / ނަބީޒްގެ، އަޙްމަދު އަބޫބަކުރު (45އ) އާއި ހއ. ހޯރަފުށި / މާވާގެ، އަޙްމަދު ރަމީޒް (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހޯރަފުށީ މަގުމަތިން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން […]

ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ
Thiladhunmathi News

ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެންވީކޭ އިން ކުރި ހޯދީ 6-5 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އަލީ […]

''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް'' ފައިނަލުގައި 22 ސްޕޯޓްސް އާއި އެންވީކޭ
Thiladhunmathi News

''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް'' ފައިނަލުގައި 22 ސްޕޯޓްސް އާއި އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ފައިނަލުން ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމިފައިވާއިރު، ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލުން ޖާގަ ހޯދާފައި ވަނީ 22 ސްޕޯޓްސް ކްލަބެވެ. އެ ޓީމް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދާފައެވެ. […]

ހޯރަފުށީ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު'' ފަށައިފި
Thiladhunmathi News

ހޯރަފުށީ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު'' ފަށައިފި

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ފަށައިފިއެވެ. މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ބާއްވާފައިވާއިރު، ރަސްމިއްޔާތުގައި މުބާރާތުގެ ޓްރޮފީ ތައާރަފް ކޮށްފައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވެސް ކުޅެމުން އަންނަ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުالله ޔާމީން (ޔާނު) އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ އިހަވަންދޫ އެންވީކޭއާއި މޮޅަދޫ ޔަންގް ބްލަޑް އެވެ...

ހޯރަފުށީގައި ބާއްވާ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު''ގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ހޯރަފުށީގައި ބާއްވާ ''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖު''ގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ 21 އަހަރުން ދަށުގެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ޓީމަށެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަށާއި އެ އަތޮޅު ތެރެއިން ތިން ޓީމަކަށެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 އަހަރުން ދަށުގެ […]

ހޯރަފުށީގައި ވެލާބިސް ވަޅެއް ހިމާޔަތްކޮށްފި
Thiladhunmathi News

ހޯރަފުށީގައި ވެލާބިސް ވަޅެއް ހިމާޔަތްކޮށްފި

ހއ. ހޯރަފުށީގައި ވެލާބިސް ވަޅެއް ހިމާޔަތްކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ، މި ވެލާބިސް ވަޅު ހިމާޔަތްކޮށްފައި ވަނީ އެ ކައުންސިލާއި، ހޯރަފުށީ ފުލުހުން ގުޅިގެން ކަމަށެވެ. ހިމާޔަތްކޮށްފައި ވަނީ ހޯރަފުށީ ރަށްވެހި ފަންނު ބީޗުން ފެނިފައިވާ ވެލާބިސްވަޅެކެވެ. ހޯރަފުށީ ކައުންސިލުން ބުނީ އެ ވެލާބިސްވަޅު ހިމާޔަތްކުރުމުގެ މަޤްޞަދަކީ ވެލާ އާލާ ކުރުމާއި، އަދި ވެލާ ހިމާޔަތް ކުރުން ކަމަށެވެ. ހޯރަފުށީ ކައުންސިލުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ވެލާބިސް ވަޅު ވަށައިގެން ޓޭޕް ދަމައި، އެ ވަޅަކީ ހިމާޔަތްކޮށްފ...

ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ
Raajje

ހޯރަފުށީ މީހަކު ގެއްލިގެން ހޯދަނީ

ހއ. ހޯރަފުއްޓަށް ނިސްބަތްވާ މީހަކު ގެއްލިގެން އޭނާ ހޯދުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަަމަށް އެދިއްޖެއެވެ. ފުލުހުން ބުނީ، ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ، މުޙައްމަދު ސާއިފް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ފުލެޓް 205-2-35 ގައިކަމަށެވެ. ”މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައިވަނީ...

ތެލުގެ ވިޔަފާރިއަށް ހޯރަފުށީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ
Thiladhunmathi News

ތެލުގެ ވިޔަފާރިއަށް ހޯރަފުށީ ބަނދަރު ސަރަހައްދުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު ސަރަހައްދުން ދޫކުރާ ބިމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލުން ނިންމާފައި ވަނީ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިއަށް 5000 (ފަސްހާސް) އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްލުމަށެވެ. މި ބިމަށް ބީލަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީގެ ކަންކަން […]

ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯހެއް ކުރިއަށް ގެންގޮސްފި
Thiladhunmathi News

ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯހެއް ކުރިއަށް ގެންގޮސްފި

ހއ. ހޯރަފުށީގައި 40 ބައިވެރިންނާއެކު ނިޔަމި ކޯސް – 2 ކުރިއަށް ގެންގޮސްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިކޯސް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އިން 27 އަށެވެ. މި ކޯހަކީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ކައުންސިލާއި، ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މެރިޓައިމް އިންސްޓިޓިއުޓްގެ މުދައްރިބުން ކިޔަވައިދެއްވި މި ކޯހުގައި، ނެވިގޭޝަން، ކޮމިއުނިކޭޝަން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން، […]

އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް ކެއާގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފި
Thiladhunmathi News

އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް ކެއާގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފި

އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް ކެއާގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފިއެވެ. މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެންވައިރުމެންޓް ކްލައިމެޓް ޗޭންޖް އެންޑް އެނާޖީގެ ވެށި ގްރާންޓްގެ މާލީ އެހީގެ ދަށުން ހޯރަފުށީ ކްލަބް، އެފްސީ ފްރިގޭޓާގފަރާތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން މައިގަނޑު ތިންކަމެއް ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެ ކަންތައްތަކުގެ ތެރޭގައި އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް އުފެދޭ މިންވަރު ބެލުމަށް ބޭސްލައިން އެސެސްމެންޓެއް ހެދުމާއި، އިހަވަންދިއްޕޮޅުގެ ހޯރަފުށި މޮޅަދޫ އުލި...