ހޯރަފުށީގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ބިން ދޫކުރަނީ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ބިން ދޫކުރަން ނިންމައި ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި ވޯޓަސްޕޯޓްސްގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 500 (ފަސްސަތޭކަ) އަކަފޫޓުގެ ތިން ބިމެއް ވަނީ ދޫކުރަން ނިންމާފައެވެ. އެއީ މިހާރު އެ ރަށުގައި ބޭނުން ކުރަމުން އަންނަ ރަށްވެހި ބީޗް ސަރަހައްދެވެ. އެ ސަރަހައްދަކީ ރީތި ދޮންވެލި އަތިރިމައްޗާއި ރީތި ފަޅު އެކުލެވޭ ސަރަހައްދެކެވެ. އެ ބިންތައް ދޫކު...