އަތޮޅުތަކުގައި އުޅޭ ބިދޭސީން މޮނީޓާ ކުރާ ސިސްޓަމް ތައާރަފުކޮށް ހޯރަފުށިން ފަށަނީ
އަތޮޅުތަކުގައި ދިރިއުޅޭ ބިދޭސީން ދެނެގަނެ ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ޓްރެކް ކުރެވޭނެ ހާއްސަ ސިސްޓަމެއް އިމިގްރޭޝަނުން މިއަދު ތައާރަފުކޮށްފި އެވެ. “އަތޮޅު މޮޑިއުލް” ގެ ނަމުގައި ތައާރަފުކުރި ސިސްޓަމަކީ ބިދޭސީންގެ ކަންތައްތަކަށް ހައްލު ހޯދުމަށް ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލަވާލައިފައިވާ ސިސްޓަމެކެވެ. މިސިސްޓަމު ތައާރަފުކޮށްދެއްވީ އިމިގްރޭޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ. ބި...