ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި
ހއ. ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދާހެއްދުމުގެ ޕްރޮގްރާމެއް ފަށައިފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ހޯރަފުށީގައި މިއަދު ހަވީރު ފެށުނު ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމަކީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމާއި ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. މިޕްރޮގުރާމްގެ މައިގަނޑު މަޤުޞަދަކީ ހޯރަފުއްޓަކީ ފަލަމަޑީގެ ބާވަތްތަކުގައި ފާހަގަކޮށްލެވޭ ރަށަކަށް ހެދުންކަމަށާއި އަދި ޤައުމު މިއޮތްފަދަ ހާލަތަކަށް މާދަމާވެސް ތައްޔާރު...