ދި-ފައުންޑޭޝަނުން ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތްދޭން ފަށަނީ
ދި-ފައުންޑޭޝަނުން ހއ.ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތް ފެށުމަށުމަށް ވާންޖެހޭ ރައްޔާރީތައް ފަށައިފިއެވެ. ހއ.އަތޮޅާއި ދިއްދޫގައި ތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތައް ތިބި އަދަދު ދެނެގަތުމަށްޓަކައި ދި-ފައުންޑޭޝަނާއި ބްލޫސްޕަން ކެއާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ، ތެރަޕީ ދިނުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޭމްޕްގައި ހަތަރު ތެރަޕީއެއްގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އެ ތެރަޕީތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރ...