Skip to main content
Topic Archive

#ހއ. އަތޮޅު ކައުންސިލް

129 Stories filed
އީދު ބަންދުގައި އެޗްޕީއޭގެ އުސޫލްތަކަށް އަމަލުކުރުމަށްއެދި ހއ. އަތޮޅު ކައުންސިލްގެ އިލްތިމާސްއެއް
Thiladhunmathi News

އީދު ބަންދުގައި އެޗްޕީއޭގެ އުސޫލްތަކަށް އަމަލުކުރުމަށްއެދި ހއ. އަތޮޅު ކައުންސިލްގެ އިލްތިމާސްއެއް

ޢީދު ޗުއްޓީ ހޭދަކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފިއެވެ. މި އިލްތިމާސާއެކު އެ ކައުންސިލުން އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގެ ރަށު ކައުންސިލުތަކަށް ފޮނުވާފައިވާ މެސެޖުގައި ވިދާޅުވެފައިވަނީ ޗުއްޓީގައި ދަތުރު ކުރުމާއި އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާއި އެއްގ...

ފުރަތަމަ ހަމަސްދުވަހުގެ ތަފްސީލް ރިޕޯޓް ހުރިހާ ކައުންސިލަކުން ވަނީ ފޮނުވާފައި: ހއ. އަތޮޅު ކައުންސިލް
Thiladhunmathi News

ފުރަތަމަ ހަމަސްދުވަހުގެ ތަފްސީލް ރިޕޯޓް ހުރިހާ ކައުންސިލަކުން ވަނީ ފޮނުވާފައި: ހއ. އަތޮޅު ކައުންސިލް

ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުން ވެސް ފޮނުވާފައިވާ ކަމުގައި ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ […]

ސްޕީޗް ތެރަޕީގެ ދާއިރާއިން ސްކޮލަޝިޕް ފުރުސަތު ހއ. އަތޮޅު ހޮސްޕިޓަލަށް
Thiladhunmathi News

ސްޕީޗް ތެރަޕީގެ ދާއިރާއިން ސްކޮލަޝިޕް ފުރުސަތު ހއ. އަތޮޅު ހޮސްޕިޓަލަށް

ހއ. އަތޮޅު ހޮސްޕިޓަލަށް ޚާއްސަ ކުރައްވައިގެން ތެރަޕީގެ ދާއިރާއިން ސްކޮލަޝިޕް ފުރުޞަތު ލިބޭގޮތަށް ހަމަޖެހިއްޖެއެވެ. އޮކިއުޕޭޝަނަލް ސްޕީޗް ތެރަޕިސްޓް ކޯހުގެ މި ފުރުޞަތު ހއ. އަތޮޅު ހޮސްޕިޓަލަށް ހަމަޖައްސަވައި ދެއްވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤް އާއި، ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސަސް އަލްފާޟިލް ޢުސްމާން އަޝްރަފް އާއި، އަދި ދިއްދޫ ކައ...

ހއ. އަތޮޅު ކައުންސިލް ނައިބު ރައީސްކަމަށް އިހަވަންދޫ ރައީސް ޞަބާޙް
Thiladhunmathi News

ހއ. އަތޮޅު ކައުންސިލް ނައިބު ރައީސްކަމަށް އިހަވަންދޫ ރައީސް ޞަބާޙް

ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަޤާމް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ކާމިޔާބު ކުރަށްވައިފިއެވެ. ޞަބާޙަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ޞަބާހާއި ވާދަކުރެއްވީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙު ﷲ ޙަސަނެވެ. ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް މިއަދު ހެނދުނު 1030 ގައި ކުރިއަށް ގެންދިޔަ އިންތިޚާބުގައި ޞަބާޙް ނައިބު ރައީސްކަން ކާމިޔާބު ކުރެއްވީ 8 ވޯޓުންނެވެ. ފަތުޙު ﷲ އަށް […]

42 އަހަރުގެ އަގުހުރި ހިދުމަތަށްފަހު ދިއްދޫ މުހައްމަދު ނަޞީރު ރިޓަޔާ ކުރައްވައިފި
Thiladhunmathi News

42 އަހަރުގެ އަގުހުރި ހިދުމަތަށްފަހު ދިއްދޫ މުހައްމަދު ނަޞީރު ރިޓަޔާ ކުރައްވައިފި

42 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށް ދެއްވި ހއ. ދިއްދޫ  “ތިލަދޫ” މުޙައްމަދު ނަޞީރު އިއްުޔެ ރިޓަޔާ ކުރަށްވައިފިއެވެ. އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ތިލަދުންމަތީ އުތުރުބުރީ (ހއ) އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމުގައެވެ. މުޙައްމަދު ނަޞީރު ސަރުކާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވީ 29 މާރިޗް 1979 ގައި އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީކަމުގެ މަގާމަށެވެ. އޭގެފަހުން އިނގިރޭސި ވިލާތުން ހެޑްމާސްޓަރކަމުގެ ކޯސް ފުރިހަމަ ކުރައްވާ 1981 ގައި ތަޢުލީމީ ދާއިރާއާ ގުޅިވ...

ހއ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ކައުންސިލްތަކާއި ބައްދަލުކޮށްފި
Thiladhunmathi News

ހއ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ކައުންސިލްތަކާއި ބައްދަލުކޮށްފި

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ “ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން” ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށު ކައުންސިލު ރައީސުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ހއ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. ޓޫރިޒަމް މިނިސްޓްރީގެ...

އުތުރުގެ ކައުންސިލްތަކާއި ގެސްޓް ހައުސް އެސޯސިއޭޝަނުން ބައްދަލުކޮށްފި
Thiladhunmathi News

އުތުރުގެ ކައުންސިލްތަކާއި ގެސްޓް ހައުސް އެސޯސިއޭޝަނުން ބައްދަލުކޮށްފި

ގެސްޓް ހައުސް ވިޔާފާރި ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންނެވެ. އަދި މި ބައްދަލުވުމުގައި އަތޮޅު ކައުންސިލް ތަކުންނާއި އަދި ރަށު ކައުންސިލް ތަކުން ބައިވެރިވެފައިވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ގެސްޓްހައުސްތައް ކުރިއެރުވުމަށާއި ކަންބޮޑުވުންތައް ހޯދައި އެކަންތައްތައް ހައްލުކުރުމަށް އެ އެ...

ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2019: އަތޮޅުތަކުން އެންމެ ފުލަށް ހދ. އަތޮޅު ކައުންސިލް
Thiladhunmathi News

ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2019: އަތޮޅުތަކުން އެންމެ ފުލަށް ހދ. އަތޮޅު ކައުންސިލް

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން އަތޮޅުތަކުގެ ބައިން އެންމެ ދަށް އިންޑެކްސް އެއް ހޯދި ކައުންސިލްއަކަށް ހދ. އަތޮޅު ކައުންސިލް ވެއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. މިގޮތުން ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާއިން އެއްވަ...

ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފި
Thiladhunmathi News

ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފި

ކޯވިޑް-19 އާއި ގުޅިގެން ދިމާވާ ކަންކަމުގައި ޚަރަދުކުރުމަށް ” ކޯވިޑް-19 ރިލީފް ފަންޑު ” ގެނަމުގައި ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފިއެވެ. ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވި މިފަންޑުގެ ބޭނުމަކީ ކޯވިޑް-19 އާއި ގުޅިގެން ރަށު ކައުންސިލްތަކުން ކުރަންޖެހޭ މުހިންމު ޚަރަދުތައް ކުރެވޭނެގޮތް ހަމަޖައްސައި ދިނުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެކައުން ސިލުން ވަނީ މިފަންޑަށް ތިންލައްކަ ރުފިޔާ ކަނޑައަޅާފައި އެވެ. ފަންޑުން ފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލްގެ 153 ވަނަ […]

ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި
Thiladhunmathi News

ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި

00ހދ. އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އާންމުކޮށްފި އެވެ، އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލު ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭނ...

ކޯވިޑް-19: ހއ. އަތޮޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓަން ނިންމައިފި
Thiladhunmathi News

ކޯވިޑް-19: ހއ. އަތޮޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓަން ނިންމައިފި

ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ދަމަހަށްޓަން ހއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެގޮތަށް ނިންމީ 23 އޭޕްރީލް 2020 ވަނަ ދުވަހު ފޯން ކޮންފަރެސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ހއ. އަތޮޅު ކައުންސިލްގެ 148 ވަނަ ބައްދަލުވުމުގައިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ހއ. އަތޮޅުން ފެނުމާއި އަދި އޭނާ ދަތުރުކުރި ބޯޓުގައި ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ […]

ލާމަރުކަޒީ ދުވަހާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހއ އަތޮޅުގައި ހިންގައިފި
Thiladhunmathi News

ލާމަރުކަޒީ ދުވަހާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހއ އަތޮޅުގައި ހިންގައިފި

މިއަހަރުގެ ލާމަރުކަޒީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ތެރެއިން ” ލާމަރުކަޒީ ނިޒާމާބެހޭ ” މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހއ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ. އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރު ވެފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތި ލައްވާފައިވާ ފަރާތްތައް ހިމެނޭގޮތަށް ބޭއްވި މި ޕްރޮގްރާމަކީ  ” ބޭސިކް ޓްރެއިނިންގ އޮން ޑިސެންޓްރަލައިޒޭޝަންގެ ” ނަމު...

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފި
Thiladhunmathi News

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށް އަމާޒު ކުރައްވައިގެން ކޮންވޭ މޯލްޑިވްސްއާއި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފިއެވެ. މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަޑު ބޭނުމަކީ އަންނަ އޭޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ...

ހއ. އަތޮޅުގައި އެއްވެސް މަސައްކަތެއް ނުފެށި ލަސްވާތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
Thiladhunmathi News

ހއ. އަތޮޅުގައި އެއްވެސް މަސައްކަތެއް ނުފެށި ލަސްވާތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ތިންކަމެއް ހއ. އަތޮޅުގައި ނުފެށި ލަސްވަމުންދާ މައްސަލަ ހއ. އަތޮޅު ކައުންސިލްގެ 142 ވަނަ ޢާންމު ބައްދަލުވުމަށް ހުށަހަޅައި އެކަމުގައި އަތޮޅު ކައުންސިލުން ކުރެވިދާނެ ކަމަކީ ކޮބައިތޯ ބެލުމުގެ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން ކުރެވުނު މަޝްވަރާގައި މެމްބަރުންގެ ކަންބޮޑުވުންތައް ހުރިމިންވަރު ބައްދަލުވުމުގައި ހާމަކުރެއްވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވަޢުދު ތެރޭގައި ހިމެނޭ ހއ. އަތޮޅަށް ކަނޑަ...

ހއ. އަތޮޅު ކައުންސިލް ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢަބްދުﷲ ޝަފީޤް
Thiladhunmathi News

ހއ. އަތޮޅު ކައުންސިލް ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢަބްދުﷲ ޝަފީޤް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް އެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި ހއ. ދިއްދޫ އިކްލީލްގޭ އަލްފާޟިލް ޢަބްދުﷲ ޝަފީޤް ސިވިލްސަރވިސް ކޮމިޝަނުން އައްޔަން ކުރައްވައިފިއެވެ. މިގޮތަށް ހަޖަމަޖެއްސެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ( 2010/7 ) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން އެ ޤާނޫނުގެ 126 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތަކުގެ އެންމެއިސް އިދާރީ މުވައްޒަފަކީ ސެކްރެޓަރީ ޖެނ...