Skip to main content
Topic Archive

#ހއ. އަތޮޅު ކައުންސިލް

129 Stories filed
ހއ. އަތޮޅުގައި ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި
Thiladhunmathi News

ހއ. އަތޮޅުގައި ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފި

ހއ. އަތޮޅަށް ހުޅުުވާލައިގެން ހިންގާ ލައިފް ގާޑުން ތަމްރީން ކުރުމުގެ ކޯސް މިއަދު އެ އަތޮޅު ވެރިރަށް ދިއްދޫގައި ފަށައިފިއެވެ. މިކޯހަކީ ހއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް ސްވިމިންގް އެންޑް ލައިފް ސޭވިންގް ސްކިލްސް ޓްރެއިނިންގެ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. 25 ބައިވެރިންނާއި ފެށުމަށް ހަމަޖެހިފައިވާ މިކޯހުގައި ދިއްދޫގެ ބައެއް ޒުވާނުންގެ އިތުރުން ސްކޫލްގެ ބައެއް ދަރިވަރުންވެސް ހިމެނެއެވެ. މިކޯސް ތަޢާރަފް ކުރުމުގެ ގޮތުން މިއަދު ހެނދުނު ދިއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވ...

ބިޔަ ބޮޑެތި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ނުދާތީ، ހއ އަތޮޅު ކައުންސިލުން ހާއްސަ ރިޕޯޓެއް ހުށަހަޅަނީ
Thiladhunmathi News

ބިޔަ ބޮޑެތި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ނުދާތީ، ހއ އަތޮޅު ކައުންސިލުން ހާއްސަ ރިޕޯޓެއް ހުށަހަޅަނީ

ހއ. އަތޮޅުގެ ތަރައްޤީއަށް ހުރި ބިޔަ މަޝްރޫޢުތައް ބަރު ދުވެލީގައި ކުރިއަށް ނުދާތީ ހާއްސަ ރިޕޯޓެއް ތައްޔާރުކުރުމަށް ހއ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެކައުންސިލްގެ 04 ވަނަ ދައުރުގެ 34 ވަނަ އާންމު ބައްދަލުވުމުގައި، އެޖެންޑަރ ކުރެވުނު، ޚިދުމަތް ތަކާއިގުޅިގެން ގުޅުހުންހުރި ވުޒާރާތަކަށް ޒިޔާރަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއްނިންމުމަށް ކުރެވުނު ބަހުސްގަ އެވެ. ހއ. އަތޮޅުގެ ކުރިއެރުމާ ލާބަޔަށް ހުރި ބިޔަ ބޮޑު މަޝްރޫޢުތަކާއި ނަފާހުރި ޕްރޮޖެކްޓްތައް އެހ...

މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި
Thiladhunmathi News

މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލްގެ ތެރޭގައި ހިމެނުނު ހއ. ތުރާކުނު އަދި އުތީމު ކައުންސިލަށް ހއ. އަތޮޅު ކައުންސިލުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެ ރޭންކިންގައި ތުރާކުނު ހިމެނުނީ މުޅި ރާއްޖެއިން 3 ވަނައިގައެވެ. އެއާއެކު ތުރާކުނު ކައުންސިލަށް ވަނީ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ވަނަތައް ހާސިލްކޮށްފައިވާ ރަށު […]

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި
Thiladhunmathi News

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައިފި

ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައި، ހާމަކޮށްފިއެވެ. އެކަން ހާމަކޮށްފައި ވަނީ އަތޮޅުކައުންސިލްގެ އިދާރީ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އެ ކައުންސިލުން މިހިނގާ 2022 ވަނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހއ. އަތޮޅު ރަށު ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްތަކަށް ހޯދައ...

ފައިސާއާއި ވިޔަފާރީގެ މައުލޫމާތު ހުށަހަޅާފައިވާ ހއ. އަތޮޅު ރަށްތަކުގެ ކައުންސިލަރުންގެ ނަންތައް ހާމަކޮށްފި
Thiladhunmathi News

ފައިސާއާއި ވިޔަފާރީގެ މައުލޫމާތު ހުށަހަޅާފައިވާ ހއ. އަތޮޅު ރަށްތަކުގެ ކައުންސިލަރުންގެ ނަންތައް ހާމަކޮށްފި

ހއ. އަތޮޅު ރަށު ކައުންސިލަރުންގެ ތެރެއިން ފައިސާއާއި ވިޔަފާރީގެ މަޢުލޫމާތު ހުށަހަޅާފައިވާ ކައުންސިލް މެންބަރުންގެ ނަންތައް ހއ. އަތޮޅު ކައުންސިލުން އާންމުކޮށްފިއެވެ. އެ ނަންތައް ހިމަނައި އެކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކައުންސިލަށް ހޮވޭ ކޮންމެ މެންބަރަކު އިންތިޚާބު ވުމާއެކު އެ މެންބަރެއްގެ، ފައިސާއާއި ވިޔަފާރީގެ މަޢުލޫމާތު އަދި އެކައުންސިލަރެއްގެ އާމްދަނީއާއި އާމްދަނީ ލިބޭ ގޮތްތަކާއި ވިޔަފާރީގެ ގުޅުންތަކާބެހޭ މަޢުލޫމާތު ލިއުމަކުން ކައުންސިލް އިދާރާއަށް ހުށަހަޅަންޖޭކަމަށް...

ކެލައިން، ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގޭގޮތް ހަދައިފި
Thiladhunmathi News

ކެލައިން، ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގޭގޮތް ހަދައިފި

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ކެލައިން ނެގޭގޮތަށް ހަމަޖައްސައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާ ދެމެދު ސޮއިކޮށްފައި ވަނީ މިއަދުއެވެ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކެލާ ކައުންސިލްގެ ރައީސް ޢަބްދު ﷲ އިންފާޒެވެ. އެ އަތޮޅުގައި މީގެކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވ...

ހއ. އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކުރާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި
Thiladhunmathi News

ހއ. އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކުރާނެ ފަރާތެއް ހޯދަން އަނެއްކާވެސް އިޢުލާންކޮށްފި

ތިލަދުންމަތީ އުތުރު ބުރީ އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލާފައި މިވަނީ އެންމެ ފަހުގެ އިއުލާނަށް މުއްދަތު ހަމަވެ އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވުމުންނެވެ. އެގޮތުން ކުރިން ކުރެވުނު އިއުލާނު ބާތިލް ކޮށް 3 ވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލާފައި މިވަނީ އަތޮޅުގެ ތެރެއިން ވެސް ބައިވެރިވެވޭނެ ގޮތަށެވެ. […]

ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހއ. އަތޮޅުގެ އެންމެ ކައުންސިލަކުން
Thiladhunmathi News

ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ހުށަހަޅާފައި ނުވަނީ ހއ. އަތޮޅުގެ އެންމެ ކައުންސިލަކުން

ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހއ. އަތޮޅުގެ 13 ރަށު ކައުންސިލަކުން ހުށަހަޅާފައިވާކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅުގައި ޖުމްލަ އޮންނަނީ މީހުން ދިރިއުޅޭ 14 ރަށެއްގެ 14 ލޯކަލް ކައުންސިލެވެ. ހއ. އަތޮޅު ކައުންސިލުން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން (2026- 2022) ތައްޔާރުކޮށް ހުށަހެޅުއްވި އެ އަތޮޅުގެ ކައުންސިލްތަކަށް މަރުޙަބާ ދަންނަވާފައެވެ. ދި...

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހއ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި
Thiladhunmathi News

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތުގައި ހއ. އަތޮޅު ތަމްސީލްކުރާނެ ބައިވެރިން ހޮވައިފި

ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ތަމުސީލްކުރާނެ ބައިވެރިން ހޮވައިފިއެވެ. މި ގޮތުން އެ މުބާރާތަށް ބައިވެރިން ހޮވުމަށް ބޭއްވުނު އަތޮޅު އޮޑިޝަންނިމި މުބާރާތުގައި ވާދަކުރާނެ ބައިވެރިން މިހާރު ހޮވާފައިވާއިރު، ހއ. އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މި އޮޑިޝަންގައި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލްތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ އަތޮޅުގެ 14 ރަށުގެ ސްކޫލްތަކުގެ މެދުގައި މިހިނގާ އޮކްޓޯބަރ މަހު ބޭއްވުނު އޮޑިޝަންގައި […]

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް
Thiladhunmathi News

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި އެ ނިންމުން މުރާޖައާކޮށް ދެއްވުން އެދި އިލްތިމާސްކޮށް ހއ. އަތޮޅު ކައުންސިލްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފޮނުވައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން...

ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް ހުޅުވާލައިފި، 1 ވަނަ އަށް -/5000 ރުފިޔާ
Thiladhunmathi News

ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް ހުޅުވާލައިފި، 1 ވަނަ އަށް -/5000 ރުފިޔާ

ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް އާންމުންނަށް ހުޅުވާލައިފި އެވެ. އަދި ފަރުމާކުރާ ސިއްކަ ތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ފަރާތަކަށް -/5000 ރުފިޔާ ދޭން އެކައުންސިލުނެ ވަނީ ނިންމާފައެވެ. މިފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ހއ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނެއްގައެވެ. މި އިއުލާނުގައި ވަނީ ސިއްކަ ފަރުމާކުރުމުގައި ހުންނަންވާނެ ޝަރުތުތައްވެސް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން، ސިއްކަ ހުންނަން ވާނީ އެ އިދާރާގެ ތީމު ކުލަކަމަށްވާ ‘ފެހި’ ކުލައިގަ ކަމަށާއި އެ ސިއްކައިން ހއ. އަތޮޅަށް […]

ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ފަށައިފި

ހއ. ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފި އެވެ. ހއ. އަތޮޅު ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ އެކި ގިންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމާއި، ވިޔަފާރި ކުރިއަށް ގެންގޮސް ދިނުމުގައި ފަންނީ އިރުޝާދު ދިނުމެވެ. ވިޔަފާރިއާ ގުޅުންހުރި ލޯން ނެގުމުގައި އެހީތެރިވުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި އެހީތެރިވުމާއި، ބިޒްނަސް ޕްލޭން، ބީއޯކިޔޫ ފަދަ ލިއުންތައް ތައްޔާރުކޮށް ދިނުން ހިމެނޭކަމަށްވެސް ހއ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން...

ހއ. އަތޮޅު ޤްރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި، 1 ވަނަ ދިއްދޫއަށް
Thiladhunmathi News

ހއ. އަތޮޅު ޤްރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި، 1 ވަނަ ދިއްދޫއަށް

ހއ. އަތޮޅު ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށްފިއެވެ. ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލުގައި ބޭއްވި މި ހަަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ނާހިދު އެވެ. އަދި ވަނަވަނަ އަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުން ހަވާލުކޮށްފައިވަނީ ޝަރަފްވެރި މެހެމާނާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގުގެ އިތުރުން އެ އަތޮޅު ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒް އަދި ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ. މި […]

ހއ. އަތޮޅުގެ ރަށްތަކަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހއ. އަތޮޅުގެ ރަށްތަކަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހޫނު މޫސުމުގައި ހއ. އަތޮޅުގެ ރަށްތަކަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ހއ. އަތޮޅު ކައުންސިލުން އިޢުލާންކޮށްފި އެވެ. ބޯފެނަށްޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ފެން ފޯރުކޮށްދި ނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލީ އެކައުންސިލުން ކުރި އިޢުލާނެއްގަ އެވެ. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 15 ވަނަ ދުވަހުން ފެށިގެން އެ ކައުންސިލްގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެކައުންސިލުން ބުނެއެވެ. އަދި މި ބީލަމާ […]

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި
Thiladhunmathi News

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓު ޚިދުމަތް އަލުން ފަށައިފި އެވެ. އެކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ޖުލައި މަހުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން ހުއްޓިފައި އޮތް ޓްރާންސްޕޯޓު ޚިދުމަތްތައް، އެރަށް މޮނިޓަރިންގ އިން އުވާލުމައި ގުޅިގެން މިއަދުން ފެށިގެން އެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި ޕޭޝެންޓެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު […]