ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް
ހއ. އަތޮޅު ކައުންސިލުން އެއަތޮޅުގެ ހަތް ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެކައުންސިލުން ވިދާޅުވީ، މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް -/100،000ރ (އެއްލައްކަ ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލީ އެހީދިނުމުގެ އެއްބަސްވުމުގައި، މިއަދު ސޮއިކުރެވުނު ހަތްރަށަކީ، ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ. އެކައުންސިލުން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާ...