ހއ. އަތޮޅު ކައުންސިލަށް ދެ އެވޯޑެއް
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި، ތިލަދުންމަތީ އުތުރުބުރި އަތޮޅު ކައުންސިލް (ހއ. އަތޮޅު ކައުންސިލް)އިން ދެ އެވޯޑެއް ހޯދައިފިއެވެ. މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ. ހއ. އަތޮޅު ކައުންސިލުން އެވޯޑުތަކާއި ހަވާލުވެލެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ސަފީޤެވެ. ހއ. އަތޮޅު ކައުންސިލަށް ލިބުނު އެވޯޑުތައް […]