މިނިމަމް ވޭޖާއެކު ފެނަކައިގެ 80 އިންސައްތަ މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެ
މިނިމަމް ވޭޖް ތަންފީޒުކުރަން ފެށުމާއެކު މިދިޔަ މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަނުގެ 80 އިންސައްތަ މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެއެވެ. އެ ކުންފުނިން ނެރުނު ހިސާބުތައް ދައްކާގޮތުގައި، ޖުމްލަ 3،346 މުވައްޒަފެއްގެ މުސާރައަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. މީގެ ތެރޭގައި 495 މަސައްކަތު މީހުންނާއި 1،952 ޓެކްނިކަލް އަދި އޮފިސަރުންނާއި ސުޕަވައިޒާ ލެވެލްގެ 700 މުވައްޒަފުން ހިމެނެއެވެ. އެގޮތުން ކުރިން ބޭސިކް މުސާރައިގެ ގޮތުގައި 2،800ރ. ލިބުނު މުވައްޒަފުންނަށް މި ބަދަލާއެކު 4،650ރ. އަށް ވަނީ އިތުރުވެފައެ...