ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ފެނަކަ އިން ކުރާ މަސައްކަތަށް އެވޯޑެއް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންް ކުރުމުގެ ގޮތުން އެ ކުންފުންޏަށް ރިވެލި އެވޯޑް ދީފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ ރިވެލި އެވޯޑް ދީފައި ވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެވޯޑު ފެނަކައާ ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ފެނަކައިގެ ފަރާތުން އެވޯޑާ ހަވާލުވެ...