އޭއައި އިންފްލުއެންސަރުންނަށް ޗައިނާއިން އައިޑީކާޑާއި ޑިޖިޓަލް ވޮލެޓްތައް ދޫކުރަން ފަށައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ވާޗުއަލް ކެރެކްޓާތައް ނުވަތަ “އޭއައި އިންފްލުއެންސަރުން”ނަށް ރަސްމީ އައިޑެންޓިޓީ ކާޑު ދޫކުރުމުގެ މަސައްކަތް ޗައިނާގެ ސަރުކާރުން ފަށައިފިއެވެ. އަލަށް ތައާރަފުކުރި މި ޕައިލެޓް ޕްރޮގްރާމުގެ ދަށުން، މިފަދަ އޭއައި އިންފްލުއެންސަރުންނަށް ޑިޖިޓަލް ފައިސާގެ ވޮލެޓްތައް ހުޅުވުމާއި ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އެއްބަސްވުންތައް ހެދުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ. އޭބީސީ ނިއުސް އޮސްޓްރޭލިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާ ސަރ...