ޗައިނާގެ ފަންނީ މާހިރުންނާއެކު ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެއް ހަނިމާދޫގައި
ހދ. ހަނިމާދޫގައި ޗައިނާގެ ފަންނީ މާހިރުން އިސްވެ ތިބެ، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ތަމްރީންތައް ކުރިއަށްދަނީ އޮގަސްޓް މަހުގެ 2 އިން 6 ގެ ނިޔަލަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއ...