މުއިއްޒުގެ ވެރިކަމެއްގައި ފްލެޓުގެ ކުލި ނުދެއްކިގެން އަރާފައިވާ ޖޫރިމަނާ މާފްކޮށްދެނީ
ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލި ބޮޑުކޮށްގެން އެ ކުލި ނުދެއްދިގެން ޖޫރިމަނާ ކުރި ފަރާތްތަކުގެ ކުލި މާފްކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ އަގު ބޮޑުވީމަ، ކުލި ނުދެއްކިގެން ޖޫ...