Skip to main content
Topic Archive

#ޕީޕީއެމް

386 Stories filed
ލ. ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން މުއިއްޒު ވައުދު ވެއްޖެ
Raajje

ލ. ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން މުއިއްޒު ވައުދު ވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ލ.ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ. ރޭ އެރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލަކީ ރާއްޖޭގައި ކޮންމެހެން ހުންނަން ޖެހޭނެ ތަނެއްކަށާއި، އޭނާ ވެރިކަމެއްގައި ހުރިހާ އެންމެންގެ ވެސް މެންޓަލް ހެލްތައް ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެކަމަށެވެ. “އެ ހޮސްޕިޓަލް...

ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގައުމަކަށް ޖާގައެއް ނުދޭނަން: މުއިއްޒު
Raajje

ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގައުމަކަށް ޖާގައެއް ނުދޭނަން: މުއިއްޒު

ދިވެހިންގެ ދާހިލީ ކަންކަމާއި ބެހި، ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގަމުމަކަށް ޖާގަ ނުދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅައި، ރާއްޖޭގެ އިމުގެ ތެރެއަށް ވަދެ ދިވެހިންގެ ދާހިލީ ކަންކަމާ ބެހި މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. ހަމައެހެންމެ ދިވެހިންގެ...

އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ: ފުލުހުން
Raajje

އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ: ފުލުހުން

މި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަމުގައި ރަަށުންބޭރަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ނުގެއްލޭނެ ކަމަށް ދިވެހި ފުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައެވެ. ތޮލާލް ވަނީ ފުލުހުންނާއި ސިފައިން، އެމީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެންތަންތަނަށް ޑިއ...

ލ. އަތޮޅަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އެންމެ ބޮޑު ވައުދަކީ ޓްރާންޝިޕް ބަނދަރެއް
Raajje

ލ. އަތޮޅަށް މުއިއްޒުގެ ގިނަ ވައުދުތަކެއް، އެންމެ ބޮޑު ވައުދަކީ ޓްރާންޝިޕް ބަނދަރެއް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެމްސީން ވާދަކުރައްވާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ލ އަތޮޅުގައި ޓްރާންޝިޕް ބަނދަރެއް ހައްދަވާނެކަމަށް ވިދާޅުވެއްޖެއެވެ. ރޭ ލ. ފޮނަދޫގައި ކުރިއަށް ޖަލްސާގައި ވާހަކަފުޅު ދައްވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގަންފި ނަމަ ލ.އަތޮޅު ގާދޫގައި ޓްރާންޝިޕްމެންޓް ބަނދަރެއް ހައްދަވާނެކަމަށެވެ. އަދި އެ އަތޮޅަށް ގިނަ ވައުދުތަކެއް ވެވަޑައިގެން މިރޭ އެކަން އިޢުލާން ކުރެވިއެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ލ.އަތޮޅުގ...

އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަން މުއިއްޒު ވައުދުވެވަޑައިގެންފި
Raajje

އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގަން މުއިއްޒު ވައުދުވެވަޑައިގެންފި

ބ. އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގެވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި މުއިއްޒު ވަނީ ވަނީ ކުރިއަށް އޮތް ފަސް އަހަރު، އޭދަފުށީގައި ފުރިހަމަކޮށް ދެއްވާނެ ކަންކަން އިއުލާން ކުރައްވައިފައެވެ. މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ބަނދަރު ހެދުމާއި ހިއްކި ބިން ތަރައްގީ ކުރުމާއި މާއްޑޫ އިހްތިސާސް ތެރޭގައި...

މުއިއްޒުގެ ވެރިކަމެއްގައި ރޯދަމަހު ފަހު ދިހައެއްގައި ސަރުކާރު ބަންދު
Raajje

މުއިއްޒުގެ ވެރިކަމެއްގައި ރޯދަމަހު ފަހު ދިހައެއްގައި ސަރުކާރު ބަންދު

ވެރިކަމަށް ވަޑައިގެންފި ނަމަ، ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އިއްޔެ ބ. އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ފަހިކޮށްދެއްވާނެކަމަށާއި، އެގޮތުން ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރު އޮފީސްތައް އެއްކޮށް ބަންދު ކުރައްވާނެކަމަށެވެ. އަދި ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ތިބި ބައެއް ކަމަ...

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
Raajje

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ޝަރުއީ ދާއިރާ މިނިވަންކަމާއެކު ހިންގުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ)ގެ އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޝަރުއީ ދައިރާ މިނިވަންކަމާއެކު ހިންގުމަކީ ދައުލަތަށް ވަރަށް މުހިންމު ކަމެއްކަމަށާއި، އެގޮތުން އެ މިނިވަންކަން ދިނުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށެވެ. އަދި ޖޭއެއްސީން ސިޔާސީ މީހުން މަދުކޮ...

ރާއްޖެ ދަރަނި ދަންތުރަ އިން ސަލާމަތްކޮށްދޭނަން: މުއިއްޒު
Raajje

ރާއްޖެ ދަރަނި ދަންތުރަ އިން ސަލާމަތްކޮށްދޭނަން: މުއިއްޒު

ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނި ދަންތުރަ އިން ގައުމު ސަލާމަތްކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މީގެ 10 ވަރަކަށް ދުވަސް ފަހުން، އަންނަ އިންތިހާބުގައި ރައްޔިތުންނަށް އޮތް ދެ ޗޮއިސްއަކީ ނަތީޖާ ނެރެދެވޭނެ ބަޔަކާ ހަވާލު ކުރުން ނުވަތަ ނަތީޖާ ނުނެރެވުނު ބަޔަކާ ވެރިކަން ހަވާލު ކުރުން ކަމަށެވެ. މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި […]

މުއިއްޒުގެ ވައުދަކީ ޣައްދާރުވާ މީހުންނަށް އަދަބު ދިނުމަށް ގާނޫނެއް ވުޖޫދަށް ގެނައުން
Raajje

މުއިއްޒުގެ ވައުދަކީ ޣައްދާރުވާ މީހުންނަށް އަދަބު ދިނުމަށް ގާނޫނެއް ވުޖޫދަށް ގެނައުން

ގައުމަށް ޣައްދާރުވާ މީހުންނާއި ދެކޮޅަށް ގާނޫނެއް ވުޖޫދުކޮށް އަދަބު ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ފެނިގެން މި ދަނީ ގައުމަށް ޣައްދާރުވާ ތަން ކަމަށެވެ. ގައުމު ހަމަ މަގަށް އަޅުވާ ނަމަ، ޣައްދާރުވުން ފަދަ ބޮޑެތި ގެއްލުންތައް ދޭ މީހުންނަށް އަދަބު ދިނުމަށް ސިސްޓަމެއް ގާއިމު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. “ގައުމު ހަމަ މަގަށް އަޅުވާ […]

މިނިވަންކަމާއި ގައުމީ މަސްލަހަތު ވަނީ ހާރިޖީ ސިޔާސަތުގެ ސަބުން ގެއްލިފައި: މުއިއްޒު
Raajje

މިނިވަންކަމާއި ގައުމީ މަސްލަހަތު ވަނީ ހާރިޖީ ސިޔާސަތުގެ ސަބުން ގެއްލިފައި: މުއިއްޒު

މިސަރުކާރުން އިންޑިޔާއާއެކު ބައްވާ ގުޅުމާއި އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުންމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައްޖޭގެ މިނިވަންކާމާއި ގައުމީ މަސްލަހަތު ހާރިޖީ ސިޔާސަތުގެ ސަބަބުން ގެއްލިފައިވާ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުވިދާޅު ވެއްޖެއެވެ. ރ. އުނގޫފާރަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް ބުރޫއަރާ ގޮތަށް މި ސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއ...

ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން މުޢިއްޒު ވައުދުވެވަޑައިގެންފި
Raajje

ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން މުޢިއްޒު ވައުދުވެވަޑައިގެންފި

ގއ. ކޫއްޑޫގައި ހިންގަމުންދާ އެއާޕޯޓު ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ގއ. ވިލިނގިލީ ބިން ހިއްކާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން ޕޭލޭންތަކެއް ކޮށް...

ސައުދާއެކު ތިނަދޫ އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން ޕީޕީއެމް އަށް
Raajje

ސައުދާއެކު ތިނަދޫ އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން ޕީޕީއެމް އަށް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ އާ އެކު އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން އެ ޕާޓީ ދޫކޮށް، އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ސައުދުﷲ ފޯމް ހަވާލު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެވެ. ސައުދުﷲ ވަނީ މީގެކުރިން ޕީޕީއެމާ ވަކިވެވަޑައިގަތުމަށް ފަހު، ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނަވައިފައެވެ. ސައުދު ވަނީ ދާދި ފަހުން […]

55 އަހަރު ވެގެން ރިޓަޔާ ކުރުމުން އެލަވަންސެއް ދޭނަން: މުއިއްޒު
Raajje

55 އަހަރު ވެގެން ރިޓަޔާ ކުރުމުން އެލަވަންސެއް ދޭނަން: މުއިއްޒު

އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ރިޓަޔާ ކުރީމަ ހާއްސަ އެލެވެންސްއެއް ތައާރަފް ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫ އަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ވާހަކަ ނުދައްކާތީ، އެ އުމުރުފުރާގެ […]

ފަސް އަހަރުން ނުނިންމޭވަރުގެ ވައުދެއް ނުވަން، ނުވެސް ވާނަން: މުއިއްޒު
Raajje

ފަސް އަހަރުން ނުނިންމޭވަރުގެ ވައުދެއް ނުވަން، ނުވެސް ވާނަން: މުއިއްޒު

ފަސް އަހަރުން ނުނިންމޭވަރުގެ ވައުދެއް ނުވަން ކަމަށާއި ވާންޖެހޭނީ ފަސް އަހަރުގެ ދައުރެއްގައި ކުރެވޭ ވަރުގެ ވައުދުތައް ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މެޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ ފަސް އަހަރުން ނުނިމޭވަރުގެ ކަމެއް ވިއްޔާ ސާފުކޮށް ބަޔާންކޮށްދޭން ޖެހޭނެ ކަމަށާއި ބަހާއި ޢަމަލާ ދިމާވާން ޖެހޭނެ ކަމަށެވެ. އަދި  އެހެންނޫނީ ރައްޔިތުންނާ ހަމައަށް އަންނާނެ ކަމެއް ނެތް […]

އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން މުއިއްޒު ވައުދުވެއްޖެ
Raajje

އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން މުއިއްޒު ވައުދުވެއްޖެ

އެކަނިވެރިމައިންނާއި އެކަނިވެރިބަފައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް ދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާ ވަރުގެ އެލަވަންސަކަށް ނުވާތީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 އަށް ބޮޑުކުރާނެ ކަމަށެވެ. މުއިއް...