މުޢިއްޒު ދެއްވީ ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން
ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ، އއ. ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް މާލެއިން ބޭރަށް ފުރަތަމަ ވަޑައިގެންނެވި ރަށަކަށް ބޮޑުފޮޅަދޫ ވާއިރު، އެ ރަށުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެރަށުގައި ޕީޕީއެމް ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު، ވާހަކަ ދައްކަ...