ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނަން: މުއިއްޒު
ހުރިހާ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި މިރޭ ހދ. ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ގައުމުގެ އެންމެ ފަހުރުވެރި ދެ މުއައްސަސާއަކީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ކަމަށެވެ. އެ ދެ މުއައްސަސާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާ ވާހަކަ ދެއްކީމަ، އެކަން ކުރާނެ ގޮތުގެ ސުވާލު އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ...