އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން މުއިއްޒު ވައުދުވެއްޖެ
އެކަނިވެރިމައިންނާއި އެކަނިވެރިބަފައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް ދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާ ވަރުގެ އެލަވަންސަކަށް ނުވާތީ ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 އަށް ބޮޑުކުރާނެ ކަމަށެވެ. މުއިއް...