Skip to main content
Topic Archive

#ޕީއެންސީ

567 Stories filed
ޑރ. މުއިއްޒުގެ ރަނިންމޭޓަކަށް މެންބަރު ހުސައިން
Raajje

ޑރ. މުއިއްޒުގެ ރަނިންމޭޓަކަށް މެންބަރު ހުސައިން

މިއަަހަރުގެ ސެޕްޓެމްބަރު މަަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ހައުސިން މިނިސްޓަ، މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ހަމަޖައްސައިފިއެވެ. އެކަން ހާމަކުރައްވާ މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ‏އޭނާގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމައިފި ކަމަށެވެ. އަދި އޭނާއ...

ޕީއެންސީގެ ޓިކެޓް މުޢިއްޒުއަށް
Raajje

ޕީއެންސީގެ ޓިކެޓް މުޢިއްޒުއަށް

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ޓިކެޓް ރޮގްސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް ގޮތުގައި މިއަދާއި ހަމައަށް ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ދޭން މިއަދު ނިންމައިފިއެވެ. އިދިކޮޅު ލީޑަރު، ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ކެންޑިޑެސީގެ މައްސަލައާއި ގުޅިގެން ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އިދިކޮޅު ކޯލިޝަނުން އެހެން […]

މުޢިއްޒު ޕީއެންސީއަށް ސޮއިކޮށްފި
Raajje

މުޢިއްޒު ޕީއެންސީއަށް ސޮއިކޮށްފި

ޕްރޮގްސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް ގޮތުގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެ ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީ އަށް މިއަދު ސޮއި ކުރައްވައިފިއެވެ. ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. އެ ނިންމުމާއެކު މުޢިއްޒު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. މުޢިއްޒު ޕީއެންސީއަށް ސޮއިކުރި ފޯމާއި ހަވާލުވެފައި […]

އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމައިފި
Raajje

އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމައިފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީން މިއަދު ނިންމައިފި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 47 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އެ ނިންމުމަށް ތާއީދުކޮށްފައެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައި...

ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މިވަނީ ކަޅު އަނދިރިކަމާއެކު: އިދިކޮޅު
Raajje

ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މިވަނީ ކަޅު އަނދިރިކަމާއެކު: އިދިކޮޅު

ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މި ވަނީ، ކަޅު އަނދިރިކަމާއެކުގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ މިއަދު ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައެވެ. އެ ބަޔާނުގައި ބުނީ ދިވެހީން ފަޚުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލު މިވަނީ ހިތްދަތިކަމާއި ބަނަކަމުގެ އިހުސާސްތައް ކުރުވަމުން ކަމަށެވެ. “ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގައިލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއ...

ރަނިންމޭޓެއް ހިޔާރުކުރަން ޔާމީނަށް ދޫކޮށްލައިފި
Raajje

ރަނިންމޭޓެއް ހިޔާރުކުރަން ޔާމީނަށް ދޫކޮށްލައިފި

ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަކަށް ވަކި ބޭފުޅަކު ކަނޑައެޅިފައި ނުވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ބޭފުޅަކު ހަމަޖައްސަވައިފި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ދައުރުވަމުންދާ ޚަބަރާއި ގުޅިގެންނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ މައުލޫމާތު މީޑިއާ އަށް ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ބުނީ ރަނިންގ މޭޓަކު ކަނޑައެޅުމަކީ ޕާޓީގެ އަސ...

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފި
Raajje

ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ނިންމައި، އިއުލާނު ކުރުމާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެމުންނެވެ. އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު (ހީނާ) ވިދާޅުވީ އެ މަސައްކަތް ދަނީ [...

ޕީޕީއެމުން މިއަދު ކުރިއަށް ގެންދަން އުޅުނު ހިނގާލުން ކެންސަލް
Raajje

ޕީޕީއެމުން މިއަދު ކުރިއަށް ގެންދަން އުޅުނު ހިނގާލުން ކެންސަލް

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވުމަށް ނިންމާފައިވާ “ދިވެހީންގެ ސުލްހަވެރި ހިނގާލުން” ކެންސަލްކޮށްފިއެވެ. އެ ކޯލިޝަނުން ބުނީ މި ހިނގާލުން ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި މޫސުން ކުރިއަށް ލަފާކުރާގޮތުން ވެސް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުން އެކަށީގެންވާތީ ކަމަށެވެ. މި ހިނގާލުން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4 ޖަހާއިރު ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.  ޕީޕީއެމުން އަންނަނީ މި ފަދަ ހިނގާލުމާއި އިހުތިޖާޖުތައް މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބ...

ރައީސް ޞާލިޙް މަޖިލީހަށް ހާޟިރުކުރަން ހުށަހަޅައިފިން: އިދިކޮޅު ކޯލިޝަން
Parliament

ރައީސް ޞާލިޙް މަޖިލީހަށް ހާޟިރުކުރަން ހުށަހަޅައިފިން: އިދިކޮޅު ކޯލިޝަން

ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ރައްޔިތުންގެ މަޖިލީހަށް ހާޟިރު ކުރެއްވުމަށް ހުށަހަޅާފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވެއްޖެއެވެ. އެ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސް ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާ މުހިންމު ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މަޖިލީހަށް ހާޟިރު ކުރެއްވުމަށް މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން މަޖިލީހަށް ހުށަހަޅާފ...

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ
Raajje

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ، ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޔާމީންނަށް ކޮށްފައިވާ ޖަލުހުކުމާއި ގުޅިގެން 900 ދުވަސް ހަމަވެފައިވާތީ، ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަން ވިދާޅުވަމުން އަންނައައުން ރޭ ވެސް ވަނި ތަކުރާރުކޮށްފައެވެ. އ...

ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް އަމީން ހަމަޖައްސައިފި
News

ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް އަމީން ހަމަޖައްސައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އެ ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ކެމްޕޭން މެނޭޖަރަކަށް މުހައްމަދު އަމީން (ކެޕްޓަން އަމީން) ހަމަޖައްސައިފި އެވެ. އަމީން މި މަގާމަށް ހަމަޖެއްސިކަން އިއުލާންކޮށް އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކުރުން އޮތީ މިރޭ ޕީޕީއެމުން އެ ޕާޓީގެ މައި އޮފީހުގައި ބޭއްވި ޖަލްސާގައެވެ. އެ ޖަލްސާގައި ވަނީ ޔާމީންގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކު ވެސް ހަމަޖައްސައި މަގާމުގެ […]

ގައުމުގެ ހައްގުގައި ތެދުވާނެ ދިވެހިން އަބަދު ވެސް ތިބޭނެ، މި ފެންނަނީ އެ މަންޒަރު: އަދުރޭ
Raajje

ގައުމުގެ ހައްގުގައި ތެދުވާނެ ދިވެހިން އަބަދު ވެސް ތިބޭނެ، މި ފެންނަނީ އެ މަންޒަރު: އަދުރޭ

ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވެ، ބަސް ބުނާނެ ދިވެހިން އަބަދުވެސް ތިބޭނެކަމަށާއި، ފެންނަމުން ދަނީ އެ މަންޒަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނ...

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ޢިލްމްވެރިންގެ ގުޅުމާ ބައްދަލުކޮށްފި
Raajje

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ޢިލްމްވެރިންގެ ގުޅުމާ ބައްދަލުކޮށްފި

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޢިލްމްވެރިންގެ ގުޅުމާ ބައްދަލުކޮށްފިއެވެ. އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ބަޔެއް ގެއްލޭކަމަށްބުނެ، އިދިކޮޅު ކޯލިޝަނުންނާއި، އެހެން ބަޔެއް ފަރާތްތަކުން އަންނަނީ އަޑު އުފުލަމުންނެވެ. އިދިކޮޅު ވަގުތީ ލީޑަރު، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ)...

އިޓްލޮސްގެ ހުކުމް ބަލައެއް ނުގަންނަން، މައްސަލަ އިސްތިއުނާފު ކުރާނަން: އިދިކޮޅު
Raajje

އިޓްލޮސްގެ ހުކުމް ބަލައެއް ނުގަންނަން، މައްސަލަ އިސްތިއުނާފު ކުރާނަން: އިދިކޮޅު

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނިންމި މައްސަލަ ބަލައި ނުގަންނަކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތ...

ހަނިމާދޫން މީހުން ބާލާ ހިސާބަށް ވެސް އަދި ދާނެ: ސުޖާޢު
Raajje

ހަނިމާދޫން މީހުން ބާލާ ހިސާބަށް ވެސް އަދި ދާނެ: ސުޖާޢު

އިދިކޮޅު ކޯލިޝަނުން ދެއްކި ވާހަކަ ހަނިމާދޫ ކައުންސިލުން އަޑު ނޭހިކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހދ. ހަނިމާދޫން މީހުން ބާލާ ހިސާބަށް އަދި ކަންތައްތައް ދާނެކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން އިއްޔެ ވަނީ […]