Skip to main content
Topic Archive

#ޕީއެންސީ

567 Stories filed
ކެމްޕެއިނަށް މުއިއްޒު ބޮޑު ތިލަދުންމައްޗަށް
Raajje

ކެމްޕެއިނަށް މުއިއްޒު ބޮޑު ތިލަދުންމައްޗަށް

މި ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަލުރައްވާ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ދަތުރެއްގައި ބޮޑު ތިލަދުންމައްޗަށް ފުރާވަޑައިގެންފިއެވެ. މިއީ ހއ، ހދ އަދި ށ އަތޮޅަށް ކުރައްވާ ދަތުރެއް ކަމަށާއި މމި  ދަތުރުގައި އެ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. އަދި ދޮރުން ދޮރަށް ހިންގެވުމާއި ކަންމަތީ ބައްދަލުވުންތަކާއި ޖަލްސާތައް ވެސް […]

300 އަށް ވުރެ ގިނަ މީހުން ޕީޕީއެމާ އަލަށް ގުޅިއްޖެ
Raajje

300 އަށް ވުރެ ގިނަ މީހުން ޕީޕީއެމާ އަލަށް ގުޅިއްޖެ

300 އަށް ވުރެ ގިނަ މީހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ އަލަށް ގުޅިއްޖެއެވެ. މި ފަރާތްތައް އެ ޕާޓީ އާ ގުޅިފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައެވެ. ރޭ ބޭއްވި މި ޖަލްސާގައި ޕީޕީއެމް އާއި އަލަށް ގުޅުނު މީހުންގެ ތެރޭގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ މެމްބަރު މުހައްމަދު އަހުމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. […]

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި  އެއް އަހަރަށް ފަސްކޮށްދޭނަން: މުޢިއްޒު
Raajje

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި އެއް އަހަރަށް ފަސްކޮށްދޭނަން: މުޢިއްޒު

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި އެއް އަހަރަށް ފަސްކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ހުރިހައި ކަމެއްގައި ވެސް ސިފައިންނާއި ފުލުހުންނަށް އަޅާލުން އިސްކުރަން ޖެހޭ ކަމަށާއި މި ސަރުކާރުން އެ މީހުންނަށް […]

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
Raajje

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހިޔާ ސަރަހައްދަށް ވަޑައިގެން ބޭއްވި ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ހިޔާ ޕްލެޓްތަކުގެ ކުލި 5600 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށެވެ. “އަޅުގަނޑު މި ދަންނަވަނީ ރައީސް ޔާމިންގެ ޒައާމަތުގައި ނިންމާފައިވާ ގޮތަށް 5600 ރުފިޔާއަށް އިރާދަ ކުރެވިއްޔާ ކުޑަ ކޮށްދޭނަމޭ، ދެން ކޮންމެ...

ތެލެސީމިއާ ކުދިންނަށް ފަރުވާދޭ ސެންޓަރަކާއި، ޒަމާނީ ފެންވަރުގެ ޑައިލެސިސް ސެންޓަރުތަކެއް ގާއިމުކޮށް ދޭނަން: މުޢިއްޒު
Raajje

ތެލެސީމިއާ ކުދިންނަށް ފަރުވާދޭ ސެންޓަރަކާއި، ޒަމާނީ ފެންވަރުގެ ޑައިލެސިސް ސެންޓަރުތަކެއް ގާއިމުކޮށް ދޭނަން: މުޢިއްޒު

ތެލެސީމިއާ ކުދިންނަށް ފަރުވާދެވޭނެ ޒަމާނީ ސެންޓަރަކާއި ޒަމާނީ ފެންވަރުގެ ޑައިލެސިސް ސެންޓަރެއް ގާއިމުކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އިއްޔެ ފެއްޓެވި ދަތުރުގައި އދ. މަހިބަދޫ އަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މުޢިއްޒު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ފަރުވާދެވޭނެ އެންމެ ފެންވަރު ރަނގަޅު އެންމެ ފުރިހަމަ ޚިދްމަތްދޭ ސެނ...

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ހަމަޖައްސައިދޭނަން: މުޢިއްޒު
Raajje

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ހަމަޖައްސައިދޭނަން: މުޢިއްޒު

ދައުލަތުގެ ބަޖެޓުން ނޫސްވެރިކަމަށް ޚާއްސަ އިންސައްތައެއް ކަނޑައަޅާ މިނިވަންކަމާއިއެކު މީޑިއާތައް ހިންގޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ،  އދ. މަހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މުޢިއްޒު ރޭ ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ނޫސްވެރިކަމަށް ޚާއްސަ އިންސައްތައެއް ކަނޑައަޅާ މިނިވަންކަމާއިއެކު މީޑިއާތައް ހިންގޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. ”މީގެ އިތުރު...

ޕެންޝަން ފައިސާ އިން ތަފާތު ބޭނުންތައް ކުރެވޭ ގޮތަށް ހަދާނަން: މުޢިއްޒު
Raajje

ޕެންޝަން ފައިސާ އިން ތަފާތު ބޭނުންތައް ކުރެވޭ ގޮތަށް ހަދާނަން: މުޢިއްޒު

ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ތަފާތު ބޭނުންތައް ކުރެވޭ ގޮތަށް ޕެންޝަން ގާނޫނު އިސްލާހުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓުން ކުރި ހޯއްދަވާފައިވާ ކެންޑިޑޭޓް ޑރ. މުޢިއްޒު މިހެން ވިދާޅުވީ، އދ. މަހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މުޢިއްޒު ރޭ ވިދާޅުވީ، ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ. އަދި ފައިދާގެ […]

މުއިއްޒުގެ ހާއްސަ ޓީމެއް ފާރިސްގެ ޓީމާ ބައްދަލުކޮށްފި
Raajje

މުއިއްޒުގެ ހާއްސަ ޓީމެއް ފާރިސްގެ ޓީމާ ބައްދަލުކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް މުއިއްޒުގެ ހާއްސަ ޓީމެއް ފާރިސް އާ ބައްދަލުކޮށްފިއެވެ. ޕީޕީއެމް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޚާއްސަ ޓީމާއި ފާރިސް މައުމޫނާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުން ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިއިވާ ކަމަށެވެ. މިއަދު ބޭއްވި މި މިބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ފާރިސް މައުމޫންގެ މެ...

ގާނޫނީ ވެރިކަން ދަމަހައްޓާނެކަމަށް ވިދާޅުވެ، މުހުތާޒްގެ ތާއީދު މުއިއްޒަށް
Raajje

ގާނޫނީ ވެރިކަން ދަމަހައްޓާނެކަމަށް ވިދާޅުވެ، މުހުތާޒްގެ ތާއީދު މުއިއްޒަށް

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ތާއީދު އޮތީ ޕިއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަކުރައްވައިފިއެވެ. އޭނާ ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުއަށާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަށް ތާއީދުކުރަން ނިންމެވީ ގާނޫނީ ވެރިކަން ނަގަހައްޓާނެތީ ކަމަށެވެ އަދި ޒުވާނުންނާއި ދިވެހި ރައްޔިތުންނަށް ފަހި ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެތީ ކަމަށެވެ. މީގެ އިތުރުން އިގްތިސާދީ، އިޖްތިމާއީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށ...

އެންމެން އެކަތިގަނޑަކަށްވެ މި ރާއްޖެ ސަލާމަތްކުރަންޖެހޭ: ނާޒިމް
Raajje

އެންމެން އެކަތިގަނޑަކަށްވެ މި ރާއްޖެ ސަލާމަތްކުރަންޖެހޭ: ނާޒިމް

އެންމެން އެކަތިގަނޑަކަށްވެ މި ރާއްޖެ ސަލާމަތްކުރަންޖެހޭ ކަމަށާއި މިއަދު ރާއްޖޭގައި ކަންކަން ހިނގަމުން މިދަނީ ދިވެހިންގެ ބަސް ހިނގާ ގޮތަށް ނޫން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް، ކުރީގެ ދިފާއީ ވަޒީރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއެކު ކޯލިޝަން ހެދުމަށްފަހު، މުއިއްޒުގެ ކެމްޕެއިންގައި އއ. ފެރިދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. […]

މުޢިއްޒު ދެއްވީ ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން
Raajje

މުޢިއްޒު ދެއްވީ ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން

ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ، އއ. ބޮޑުފޮޅަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް މާލެއިން ބޭރަށް ފުރަތަމަ ވަޑައިގެންނެވި ރަށަކަށް ބޮޑުފޮޅަދޫ ވާއިރު، އެ ރަށުން އޭނާ އަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެރަށުގައި ޕީޕީއެމް ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު، ވާހަކަ ދައްކަ...

ރައްޔިތުންގެ އެއްޗެއް ނުގެއްލޭނެ، އުންމީދުތައް ހަގީގަތަކަށް ހަދައިދޭނަން: މުއިއްޒު
Raajje

ރައްޔިތުންގެ އެއްޗެއް ނުގެއްލޭނެ، އުންމީދުތައް ހަގީގަތަކަށް ހަދައިދޭނަން: މުއިއްޒު

ރައްޔިތުންނަށް ލިބިފައި އޮތް އެއްޗެއް ނުގެއްލޭނެ ކަމަށާއި، އޭގެ ބަދަލިގައި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ދޭނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ. ޕީޕީއެމުން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސަރުކާރު ބަދަލުވިޔަސް ރައްޔިތަކަށް ލިބިފައިވާ އެއްޗެއް، އަދި ލިބެން އޮތް އެއްޗެއް ވެސް ނުގެއްލޭނެކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ހަދައިދޭނެކަމަށެވެ. މާލޭގައި ދޮރުނ...

ސްޓޭޓް މިނިސްޓަރު އަނަސްގެ ކޮއްކޮ ނިހާދު ޕީޕީއެމަށް ސޮއިކޮށްފި
Raajje

ސްޓޭޓް މިނިސްޓަރު އަނަސްގެ ކޮއްކޮ ނިހާދު ޕީޕީއެމަށް ސޮއިކޮށްފި

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުލްސައްތާރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ނިހާދު އަބްދުލް ސައްތާރު ޕީޕީއެމަށް ސޮއިކޮށްފިއެވެ. ނިހާދު ޕީޕީއެމަށް ސޮއިކުރި ފޯމް ހަވާލުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށެވެ. ނިހާދު ޕީޕީއެމާ ގުޅި، އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި އިރު، އަނަސް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައެވެ. އެމްޑީޕީގެ ކުރީގެ ސެކްރެޓަ...

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިޔަ ހަރަދު ދޭނަން: މުއިއްޒު
Raajje

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިޔަ ހަރަދު ދޭނަން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނިންމަން ރައްޔިތުން ކުރި ހަރަދު އޭނާގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ހުޅުމާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން އެ އަވަށުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން ނުނިންމާ މި ސަރުކާރުން ހަވާލު ކުރުމުން އާއްމުން ދަރަނިވެރިވެ، ވަރަށް ބޮޑު ތަކުލީފެއް ޖެހުނު ކަމަށާއި އޭނާގެ ވެރި...

ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާ ކުރަން ޔާމީންގެ ރުހުން އެބައޮތް: އަދުރޭ
Raajje

ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާ ކުރަން ޔާމީންގެ ރުހުން އެބައޮތް: އަދުރޭ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރުހުން ލިބިފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަދުރޭ ވިދާޅުވީ އެކުގައި މަސައްކަތްކުރަން ތިބި ކޮންމެ ޕާޓީއަކާއެކު ވެސް މަަސައްކަތްކުރ...