ޕީއެންސީގެ އިސްބޭފުޅުންގެ ވަފުދެއް ގާސިމާ ބައްދަލުކުރަން ވިލާ ޕާކަށް
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެގިނަ ވޯޓު ހޯއްދެވި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ޖޭޕީގެ މީޑިއާ ޓީމުން މިހައިތަނަށް އެއްޗެއް ވިދާޅުވެފައި ނުވިނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކެކެވެ. ގާސ...