ޝުޖާއު ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފި
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު 2024 ވަނަ އަހަރުގެ މަޖިލިސް ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ރަސްމީކޮށް މިއަދު ޢިއުލާން ކުރައްވައިފިއެވެ. ޝުޖާއު އަކީ އައު ސަރުކާރާ ހަވާލުވާ ވެރިކަން ކުރާ ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. އޭނާ ބާރަށު ދާއިރާ ގޮނޑިއަށް ވާދަކުރައްވާނެކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. އަދި އޭނާ އެ ގޮނޑިއަށް ވާދަކުރައްވަން […]